ENGLISH
11 އޭޕްރީލު 2025
ބްރައިޓަން ބަލިކޮށް ފުލަމް ހަވަނަ އަށް، ބޯންމައުތު އަތުން ޓޮޓްނަމް ބަލިވެއްޖެ
06 ޑިސެމްބަރު 2024
|
ބްރައިޓަން ކޮޅަށް ލަނޑުޖެހުމަށްފަހު ފުލަމްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ބްރައިޓަން 1-3 އިން ބަލިކޮށް، ތާވަލްގެ ހަވަނަ އަށް ފުލަމް ޖެހިލިއިރު، ރަށުން ބޭރުގައި ބޯންމައުތު އަތުން 1-0 އިން ޓޮޓްނަމް ހޮޓްސްޕަރ ބަލިވެއްޖެއެވެ.
ކްރޭވަން ކޮޓެޖްގައި ރޭ ކުޅުނު މެޗު ފެށިތާ ހަތަރު މިނެޓުގެ ތެރޭ ފުލަމް އަށް ލީޑު ނަގައިދިނީ ނައިޖީރިއާގެ ވިންގް، އަލެކްސް އިވޯބީ އެވެ. މި ލަނޑާއެކު އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ 1-0 އިން ކުރީގަ އޮވެގެންނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން 11 ވަނަ މިނެޓުގައި ބްރައިޓަން އަށް އެއްވަރުކޮށްދިނީ ކާލޯސް ބަލޭބާ އެވެ. އޭގެފަހުން، މެޗުގެ 79 ވަނަ މިނެޓުގައި ބްރައިޓަންގެ މެތިއު އޯރެއިލީ އަތުން ބައިކޮޅަށް ވަތް ގޯލަކުން ފުލަމް ވަނީ އަލުން ލީޑު ނަގައިފައެވެ.
މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ފުލަމް އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑުޖެހީ ވެސް އިވޯބީ އެވެ.
ރޭގެ ނަތީޖާއާއެކު ފުލަމް ހަވަނައިގައި އޮތީ 14 މެޗުން 22 ޕޮއިންޓް ހަމަކޮށްގެންނެވެ. މި މެޗުން ބަލިވި ބްރައިޓަން އޮތީ 14 މެޗުން 23 ޕޮއިންޓް ހޯދައިގެން ފަސް ވަނައިގައެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ބޯންމައުތުން ޖެހި ހަމައެކަނި ލަނޑު، 17 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑީން ހުއިސެން އެވެ.