ENGLISH

18 ޖެނުއަރީ 2026

Advertisement

ވާދޫ ގްރީން ފާމަކީ ރައީސްގެ ތަޞައްވުރު ތަންފީޒުކުރުމުގައި، މުހިންމު ދައުރެއް އަދާކުރާނެ ތަނެއް: ޑރ. މާރިޔާ

14 ޖެނުއަރީ 2026

|

ސުވެއިދާ ހުސެއިން

ވާދޫ ގްރީން ފާމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޑރ. މާރިޔާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީ

ރ. ވާދޫ ގްރީން ފާމައަކީ ދަނޑުވެރިކަމުގެ ދާއިރާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ، ހަރުދަނާ ތަސައްވުރު ތަންފީޒު ކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ތަނެއް ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ޔޫ.އެން.ޑީ.ޕީ އާއި، ދަނޑުވެރިކަމާއި ބެހޭ ވުޒާރާ އަދި ވާދޫ އެސޯސިއޭޝަން ފޮރ ފިއުޗަރ ޑިވެލޮޕްމެންޓް (ވީ.އޭ.އެފް.ޑީ) ގުޅިގެން ކުރިޔަށް ގެންދާ ވާދޫ "ގްރީން ފާމް" ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

"ދިވެހިރާއްޖޭގެ ކާނާގެ ރައްކާތެރިކަން ކަށަވަރުކޮށް، ރ. ވާދޫއަކީ އިއާދަކުރަނިވި ހަކަތައިން ހިންގާ ރާއްޖޭގެ މީހުން ދިރިއުޅޭ ފުރަތަމަ ރަށަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ތަޞައްވުރު ތަންފީޒުކުރުމުގައި، މިފަދަ މަޝްރޫޢުތަކަކީ ނުހަނު މުހިންމު ދައުރެއް އަދާކުރާނެ ކަންކަން." - ވަޒީރު ޑރ. މަރްޔަމް މާރިޔާ

ވަޒީރު މާރިޔާ ވިދާޅުވީ ވާދޫގެ ގްރީން ފާމަކީ އަންނަން އޮތް ޖީލުތަކަށްޓަކައި ތިމާވެށީގެ މުއްސަނދިކަމާއި ދިރުންތައް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށްޓަކައި ކުރެވޭ އަގުހުރި މަސައްކަތެއް ކަމަށެވެ. މި މަޝްރޫޢުގެ ދަށުން 5،000 އަކަފޫޓުގެ ސަރަޙައްދެއްގައި ހައިޑްރޯޕޯނިކްސްގެ 12 ނިޒާމު ގާއިމުކޮށްފައިވާއިރު، ކޮންމެ ނިޒާމަކަށް 2،000 ލީޓަރުގެ ފެން ރައްކާކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި މުޅި އަހަރު ދުވަހު މެދުނުކެނޑި ފެން ފޯރުކޮށްދިނުމަށްޓަކައި، 5،000 ލީޓަރުގެ ކެޕޭސިޓީ ގާއިމްކޮށް، ފެން ރައްކާކުރާ އިތުރު ތިން ނިޒާމެއް ވަނީ ހަދައިފައެވެ.

ކިޔުންތެރިންގެ ހިޔާލު