ENGLISH

13 ޖެނުއަރީ 2026

Advertisement

ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރު ނައީމް އަވަހާރަވެއްޖެ

13 ޖެނުއަރީ 2026

|

ޢަލީ ޝަހީމް

ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރ މުހައްމަދު ނައީމް ހުސައިން. ފޮޓޯ: އެމްއޭސީއެލް

ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރ މުހައްމަދު ނައީމް ހުސައިން އަވަހާރަވެއްޖެއެވެ.

އުމުރުން 74 އަހަރުގައި ނައީމް އަވަހާރަވީ ޖަނަވަރީ 11 ވަނަ ދުވަހު މާލޭގައެވެ. ނައީމްގެ ޖަނާޒާ އިއްޔެ ވަނީ ހުޅުމާލެ ސަހަރާގައި ބާއްވާފައެވެ. 

ނައީމް އަވަހާރަވުމާ ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެއޭސީއެލް) އިން ކުރި ޕޯސްޓުގައި ބުނީ، ނައީމް އަވަހާރަވުމަކީ އޭވިއޭޝަން ދާއިރާއަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ. ނައީމް ވަކިވެދިއުމަކީ ރާއްޖޭގެ މުޅި އޭވިއޭޝަން ދާއިރާއަށް ލިބުނު ފޫނުބެއްދޭނެ ވަރުގެ ހުސްކަމެއް ކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ. އަދި، ނައީމް އޭވިއޭޝަން ދާއިރާއަށް ކޮށްދިން ހިދުމަތް އިހްތިރާމާއި ޝުކުރުވެރިކަމާއެކު ބަލައިގަނެ އެ ހަނދާންތައް އާކުރާނޭކަން އެމްއޭސީއެލްގެ ޕޯސްޓުގައި ބުނެފައިވެއެވެ. 

ނައީމް އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށްޓަކައި އެންމެ ފުރަތަމަ ތަމްރީނުކޮށް ހިދުމަތަށް ނުކުންނެވި ބޭފުޅުންގެ ތެރެއިން އެކަކެވެ. 

ނައީމް ވަނީ ސްރީ ލަންކާއިން އޭޓީސީގެ ޓްރެއިނިން ފުރިހަމަކުރުމުގެ އިތުރުން ތައިލެންޑުގެ ސިވިލް އޭވިއޭޝަން ސެންޓަރުންގެ އޭޓީސީގެ ޓްރެއިނިން ފުރިހަމަކުރައްވާފައެވެ. އަދި، އޮސްޓްރޭލިއާގައި އެއިރޯނޯޓިކަލް ސާޗު އެންޑް ރެސްކިއު ޓްރެއިނިން ވެސް ނައީމް ހެއްދެވިއެވެ. 

އެއާޕޯޓުގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރުގެ ވަޒީފާއަށް ނައީމް ނުކުމެވަޑައިގަތީ 1973 ވަނަ އަހަރުގެ އެޕްރީލް 7 ވަނަ ދުވަހުއެވެ. 

ހުޅުލޭ އެއާޕޯޓުގައި 1967 ވަނަ އަހަރު މަސައްކަތް ކުރައްވަން ފެއްޓެވި ނަޢީމް ވަނީ ވީއައިއޭ އައު ޓާމިނަލްގެ މަސައްކަތް ނިމުމުން އެތަން ބައްލަވާލައްވަން ދާދި ފަހުން ޒިޔާރަތް ކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު