ENGLISH

18 ފެބްރުއަރީ 2026

Advertisement

އިމްރާން އަޑީގައި ހުރެ ވޯޓް ގަޑުބަޑު ކޮށްފާނެ ކަމުގެ ތުހުމަތު ކޮށްފި

12 ޖެނުއަރީ 2026

|

އަޙުމަދު ޙަމީދު

އިކްރާމްއާ އޭނާގެ ނާއިބު --

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުالله އަޑީގައި ހުރެ އެ ޕާޓީގެ ރައީސަކު ހޮވުމަށް ބާއްވާ އިންތިޚާބު ގަޑުބަޑުކޮށްފާނެ ކަމަށް ތުހުމަތުކޮށް އޮންލައިން ވޯޓިން ކެންސަލްކޮށްދޭން އެއް ކެންޑިޑޭޓަކު އެދިއްޖެ އެވެ.

އަދާލަތު ޕާޓީގެ ރައީސް ކަމަށް ހުޅުވާލުމުން ކުރިމަތިލީ ދެ މީހެކެވެ. އެއީ އެ ޕާޓީގެ މިހާރުގެ ނާއިބު ރައީސް މުހައްމަދު ޝިފާން އާއި އިކްރާމް އަބްދުއްސައްތާރު އެވެ.

އޭނާ ވަނީ އޮންލައިން ވޯޓިން އަކުން އަދާލަތު ޕާޓީގެ ރައީސް އިންތިޚާބު ކުރަން ނިންމާފައިވާތީ ކަންބޮޑުވުން ފާޅުކޮށް އަދާލަތު ޕާޓީގެ އިންތިހާބީ ކަންތައްތަކާއި ބެހޭ ކޮމެޓީގެ މުގައްރިރަށާއި އިލެކްޝަންސް ކޮމިޝަނަށް ސިޓީ ފޮނުވާފަ އެވެ.

އެ ސިޓީގައި ބުނެފައިވަނީ އޮންލައިންކޮށް ވޯޓްލުމުގެ ކަންކަން ކުރިއަށް ގެންދާނަމަ އަދާލަތުގެ އޮފީހުގައި ތިބެ ވޯޓިން ސިސްޓަމާއި ކުޅެ ވޯޓްގެ މުޅި ނިޒާމުގެ ތެރެއަށް ވާދަވެރި ކެންޑިޑޭޓާއި އޭނާގެ ނާއިބު އަތްބާނާ ވޯޓް ގަޑުބަޑު ކުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އެގޮތުން އޭނާގެ ވާދަވެރި ކެންޑިޑޭޓާއި އޭނާގެ ރަނިންމޭޓަކީ މިހާރުގެ ރައީސް އިމްރާން އަބްދުاللهގެ ދެ ނާއިބުންކަން ފާހަގަކޮށް ބުނީ އެއީ މިހާރުވެސް ޕާޓީ ހިންގުމުގައި އަމަލީ ގޮތުން މަސައްކަތް ކުރައްވާ ދެ ބޭފުޅުން ކަމުން ޕާޓީއިން އޮންލައިންކޮށް ވޯޓްލާނަމަ އެކަންކަން ކުރިއަށް ގެންދާން ޖެހޭނީ އެ ބޭފުޅުންގެ ބައިވެރިވުމާއި އެހީތެރިކަމާއި އެކުގައި ކަމަށެވެ.

މިގޮތަށް މިކަންކަން ހުރުމުން ވޯޓްގެ ކަންކަމުގެ ތެރެއަށް އެ ބޭފުޅުން އަތްބާނާ ވޯޓް އޮޅުވާލާ އިންތިހާބުގެ ނަތީޖާ ބަދަލުކުރުމާމެދު އެއްވެސް ބޭފުޅަކު ޝައްކުނުކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެހެން ކަމުން ހުޅުވިފައިވާ އިންތިޚާބަކަށް ހުރަސްއެޅޭ ގޮތަށް އޮންލައިންކޮށް އިންތިޚާބު ބޭއްވުމަކީ އެއްވެސް ޙާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އިކްރާމްގެ ސިޓީގައި ބުނެފައިވެ އެވެ. އެކަން ބަދަލުކޮށް ހުޅުވާލެވިފައިވާ އިންތިޚާބެއް ބޭއްވުމަށް އޭނާ ވަނީ އެދިފަ އެވެ. އެކަމުގައި އިލެކްޝަންސްގެ އެހީތެރިކަމަށް އެދިފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު