ENGLISH
12 ޖެނުއަރީ 2026
ކޯޗަކު އެތްލީޓަކަށް ޖިންސީގޯނާކުރި ކަމަށްބުނާ މައްސަލައެއް ފުލުހުން ބަލަނީ
12 ޖެނުއަރީ 2026
|
ދިވެހި ފުލުހުންގެ ޚިދުމަތް --
ކޯޗަކު އެތްލީޓަކަށް ޖިންސީގޯނާކުރި ކަމަށްބުނާ މައްސަލައެއް ތަޙުޤީޤު ކުރަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.
ފުލުހުން މިރޭ ބުނި ގޮތުގައި ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންއެއްގއި އެތްލީޓުން ތަމްރީނު ކުރުމުގެ ޒިންމާ އޮތް ފަރާތެއްގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ކުށުގެ މައްސަލައެއް ފުލުހުންގެ ސަމާލު ކަމަށް އައުމާއި ގުޅިގެން އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.
މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ނުކުރާ ކަމަށް ވެސް ބުންޏެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
ނަމަވެސް އެމްއެމްޓީވީއަށް އެނގިފައިވާ ގޮތުގައި މިއީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ކުރީގެ ހެޑް ކޯޗް ސޮފްވާން އަހުމަދާއި ގުޅުންހުރި މައްސަލަ އެކެވެ.
އޭނާއާ ގުޅުންހުރި މައްސަލަތަކެއް ބެލުމަށް ފަހު މީގެ ތިންމަސް ދުވަސްކުރީން ހެޑް ކޯޗް ކަމުން ވަކިކޮށް ވޮލީގެ ހުރިހާ ހަރަކާތްތަކުން ކުރިއަށް އޮތް ފަސް އަހަރަށް އޭނާ ވަނީ ސަސްޕެންޑް ކޮށްފަ އެވެ.