ENGLISH

10 އޭޕްރީލު 2025

Advertisement

ގޯލްޑް ކަޕް: ހއ.ދިއްދޫ އާއި ދ. މީދޫ ބައްދަލުކުރި މެޗް ރައީސްގެ އަނބިކަނބަލުން ޝަރަފުވެރިކޮށްދެއްވައިފި

06 ޑިސެމްބަރު 2024

|

އެމް އެމް

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު މީދޫގެ އިމްރާނަށް މެޑަމް ސާޖިދާ އިނާމު ހަވާލުކޮށްދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް

"ނައިންޓީ ޕްލަސް ގޯލްޑް ކަޕް 2024" ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭ ގައި ހއ. ދިއްދޫ އާއި ދ. މީދޫ މިރޭ ބައްދަލުކުރި މެޗު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި މިރޭ ހއ. ދިއްދޫ އާއި ދ. މީދޫ ބައްދަލުކުރި މެޗު ނިމުނީ 2–2 އިން އެއްވަރު ވެގެންނެވެ. މިރޭގެ މެޗަށް ފަހު "މޭން އޮފް ދަ މެޗް" އަށް ހޮވުނު ކުޅުންތެރިޔާ އަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޓްރޮފީ ޙަވާލުކޮށްދެއްވާފައެވެ.

"ނައިންޓީ ޕްލަސް ގޯލްޑް ކަޕް 2024" ފުޓްބޯޅަ މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން އަމިއްލަ ފަރާތަކުން ރާވާ ހިންގާ ފުޓްބޯޅަ މުބާރާތެކެވެ. މިދިޔަ މަހުގެ 20 ގައި ފެށުނު މި މުބާރާތުގައި 17 ޓީމަކުން ވާދަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު