ENGLISH

10 ޖެނުއަރީ 2026

Advertisement

ހުޅުދުއްފާރު ސްކޫލްގެ މަސައްކަތްތައް ކުރިއަށްދާ ގޮތް އާރުޑީސީގެ އެމްޑީ ބައްލަވާލައްވައިފި

09 ޖެނުއަރީ 2026

|

އާމިނަތު ނުޒްލާ

ހުޅުދުއްފާރު ސްކޫލްގެ މަސައްކަތް ބައްލަވާލެއްވުމަށް އާރުޑީސީގެ އެމްޑީ ކުރެއްވި ޒިޔާރަތުގެ ތެރެއިން--ފޮޓޯ: އާރުޑީސީ

ރ. ހުޅުދުއްފާރު ސްކޫލް އަޕްގްރޭޑްކުރުމުގެ މަސައްކަތްތައް ކުރިއަށްދާގޮތް، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމް ބައްލަވާލައްވައިފި އެވެ.

އާރުޑީސީއިން ބުނީ، ނަޒީމްގެ މި ޒިޔާރަތުގައި އެރަށުގެ ސްކޫލުގެ އިސްވެރިންނާއި ބައްދަލުކޮށް، ސްކޫލް ތަރައްޤީކުރުމުގެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. މި ބައްދަލު ކުރެއްވުމުގައި އުނގޫފާރު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އިބްރާހިމް ޝިފާޒް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

ހުޅުދުއްފާރު ސްކޫލްގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އާރުޑީސީ

ހުޅުދުއްފާރު ސްކޫލުގެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައިވަނިކޮށް، އެ މަސައްކަތް ނިންމުމަށް އާރުޑީސީއާ ހަވާލުކޮށްފައިވަނީ އޭޕްރީލް 7، 2025 ގަ އެވެ.

ސްކޫލްގައި އަލަށް ތަރައްޤީކުރާ އިމާރާތާއެކު، އެރަށު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު