ENGLISH

10 ޖެނުއަރީ 2026

Advertisement

ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީއަށް ޝަފީއު

09 ޖެނުއަރީ 2026

|

އައިމިނަތު ޝަފާ

ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީއަށް އިންތިހާބުކުރި ޝަފީއު

ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރުކަމަށް އެ ކޯޓުގެ ފަނޑިޔާރު ހަސަން ޝަފީއު އިންތިހާބުކޮށްފި އެވެ.

ޖޭއެސްސީގައި ހައިކޯޓުގެ ފަނޑިޔާރުގެ މަގާމު ހުސްވީ، ކުރިން ހައިކޯޓުގެ ފަރާތުން ކޮމިޝަނުގައި ހުންނެވި ފަނޑިޔާރު މުހައްމަދު ނިޔާޒު، ފަނޑިޔާރުކަމުން ރިޓަޔާކުރެއްވުމުން ނެވެ. 

ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީއަށް އިންތިހާބުކުރި ޝަފީއު އެ ކޯޓުގެ ފަނޑިޔާރަކަށް ހަަމަޖެއްސީ އޮކްޓޫބަރު 4، 2020 ގަ އެވެ.

ޖޭއެސްސީ އެކުލެވިގެން ވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސާއި، ސުޕްރީމް ކޯޓާއި ހައި ކޯޓާއި ދަށު ކޯޓުން އިންތިހާބުކުރާ ފަނޑިޔާރަކާއި، ރައްޔިތުންގެ މަޖިލިހުން ކަނޑައަޅާ މެމްބަރަކާއި، އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުން ކަނޑައަޅާ މެމްބަރަކާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ބޭފުޅަކާއި، ބަންޑާރަ ނައިބު އަދި ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބުކުރާ ބޭފުޅެއްގެ މައްޗަށެވެ. 

ކިޔުންތެރިންގެ ހިޔާލު