ENGLISH

09 ޖެނުއަރީ 2026

Advertisement

މަހެއްހާ ދުވަސްތެރޭ 362 ބިދޭސީން ޑީޕޯޓްކޮށްފި: ރައީސް

08 ޖެނުއަރީ 2026

|

އަޙުމަދު ޙަމީދު

މިރޭގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ --

ބައޯމެޓްރިކް ޑޭޓާ ނުދީ ރާއްޖޭގައި އުޅޭ ބިދޭސީން ފޮނުވާލަން ފަށާފައިވާ މަސައްކަތުގެ ދަށުން މިހާތަނަށް 300 ވުރެ ގިނަ ބިދޭސީން ފޮނުވާލާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ކޮންގްރެސް ޕާޓީގެ އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެންމެ އެދެވޭ ގޮތެއްގައި މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. މި ގޮތަށް އެހެން ސަރުކާރަކުން މަސައްކަތް ނުކުރާކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ނުޤަވައިދުން އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ކުރަމުންދާ މަަސައްކަތުގެ ދަށުންބައޯމެޓްރިކް ޑޭޓާ ނުދީ ރާއްޖޭގައި އުޅޭ ބިދޭސީން ފޮނުވާލަން ވަނީ ފަށާފަ އެވެ. އެއީ ނޮވެންބަރު 17, 2025 އިން ފެށިގެންނެވެ. ރައީސް ވިދާޅުވި ގޮތުގައި މިހާތަނަށް 362 ބިދޭސީން ވަނީ ޑިޕޯޓްކޮށްފަ އެވެ.

ރައީސް ވިދާޅުވީ އެއްވެސް މައުލޫމާތެއް ނުދީ ފިލައިގެން އުޅެން ބިދޭސީންނަށް ފުރުސަތެއް ނުދޭނެ އެވެ.

"މި ޤައުމުގައި މި މައްސަލަ ހައްލުކުރުމުގައި އެންމެ ގިނަ މަސައްކަތް ކުރަމުން މިއައީ އަޅުގަނޑުމެން. މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އެތައް މަސައްކަތްތަކެއް ކުރެވިއްޖެ," ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ފާއިތުވި ދެ އަހަރެއްހައި ދުވަހުގެ ތެރޭގައި 9021 ބިދޭސީއަކު ރާއްޖެއިން ވަނީ ޑީޕޯޓުކޮށްފަ އެވެ. މއޭގެ ކުރީ ފަސް އަހަރު ރާއްޖެއިން ޑީޕޯޓުކޮށްފައިވަނީ އެންމެ 2،165 ބިދޭސީންނެވެ. އެހެންކަމުން ރައީސް ޑރ.މުޢިއްޒުގެ ޒައާމަތުގެ ފުރަތަމަ ދެ އަހަރު ތެރޭ ޑީޕޯޓުކުރި ބިދޭސީންގެ އަދަދު އޭގެ ކުރީ ފަސް އަހަރުގައި ޑީޕޯޓުކުރި ބިދޭސީންގެ އަދަދަށްވުރެ 143 އިންސައްތަ އިތުރެވެ. 

ކިޔުންތެރިންގެ ހިޔާލު