ENGLISH

09 ޖެނުއަރީ 2026

Advertisement

ގައްދޫ ބަނދަރު ތަރައްގީކުރުމުގެ 83 އިންސައްތަ މަސައްކަތް ނިމިއްޖެ

08 ޖެނުއަރީ 2026

|

އައިޝަތު ޝާލީން

ގދ. ގައްދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް -- ފޮޓޯ: އެމްޓީސީސީ

ގދ. ގައްދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ 83 އިންސައްތަ ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. 

ގައްދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ.

މި މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް އެމްޓީސީސީން ބުނީ، ބަނދަރުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ޝިޕްމަންޓް މިހާރު އެރަށަށް ފޮނުވާފައިވާ ކަމަށެވެ. އަދި ބަނދަރުގެ ބޭރު ތޮށިލުމާއި، ޖެޓީގެ މަސައްކަތް ކުރިއަށްދާ ކަމަށް އެކުންފުނިން ބުނެފައިވެއެވެ. 

އެމްޓީސީސީން ބުނީ ބާރު ސްޕީޑެއްގައި މި މަސައްކަތް ކުރިއަށްދާއިރު، މިހާތަނަށް މަސައްކަތުގެ 83.60 އިންސައްތަ ނިމިފައިވާ ކަމަށެވެ. 

މި މަސައްކަތުގެ ދަށުން އެމްޓީސީސީން ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، 23،017 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 232 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 35 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 320 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި، 320 މީޓަރުގެ ސްކޯރިންގ އޭޕްރަންއެއް ހެދުމުގާއި، 1،600 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމުގެ އިތުރުން ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. 

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 40.2 މިލިއަން ރުފިޔާއަށެވެ.

ކިޔުންތެރިންގެ ހިޔާލު