ENGLISH
09 ޖެނުއަރީ 2026
ގިރިފުށީގެ ބިން ހިއްކުމުގެ މަސައްކަތަށް ބޭނުންވާ ބަންޑް ވޯލް ޖެހުމުގެ މަސައްކަތް ކުރިއަށް
08 ޖެނުއަރީ 2026
|
ކ. ގިރިފުށީގެ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި، ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ ބިންހިއްކުމުގެ ކުރިން ބަންޑް ވޯލް ޖެހުމުގެ މަސައްކަތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
މި މަޝްރޫޢުގެ މަސައްކަތްތައް ނިމުމާއެކު، ގައުމީ ދިފާއީ ބާރުން މީހުން ތަމްރީން ކުރުމަށް މިހާރު ހުރި ފެސިލިޓީގެ ކެޕޭސިޓީ އިތުރުކުރެވިގެންދިއުމަށް މަގުފަހިވެގެންދާނެ އެވެ.
މި މަޝްރޫޢަކީ، 2024 ވަނަ އަހަރުގެ ނަސްރު ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، މީހުން ތަމްރީނުކުރުމަށް މިހާރު ހުރި ފެސިލިޓީކަމުގައިވާ، ގިރިފުށީގެ ކެޕޭސިޓީ ވަރުގަދަކުރުމަށްޓަކައި ބިން އިތުރުކުރުމަށް މަސައްކަތްކުރައްވަން ނިންމަވާފައިވާ ކަމަށް އިޢްލާންކުރެއްވި މަޝްރޫޢެކެވެ.
ސަރުކާރުގެ "ނިއު ޕޮލިސީ އިނީޝިއޭޓިވް" ގެ ތެރެއިން ގިރިފުށިން ހިއްކެން އޮތް 13 ހެކްޓަރުގެ ސަރަހައްދު ހިއްކުމަށާއި، ޝޯ ޕްރޮޓެކްޝަން، ވަށާ ޖެހުމަށާއި އެރަށަށް ބޭނުންވާ ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށްގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.