ENGLISH
09 ޖެނުއަރީ 2026
ޖުލައި 28 އިން ފެށިގެން ދުންފަތުގެ ބާވަތްތަކުގައި ސިއްހަތުގެ އިންޒާރުޖަހަން މަޖުބޫރުވާނެ: އެޗްޕީއޭ
08 ޖެނުއަރީ 2026
|
ޖުލައި 28 އިން ފެށިގެން ދުންފަތުގެ ބާވަތްތަކުގައި ސިއްހަތުގެ އިންޒާރުޖަހަން މަޖުބޫރު
މި އަހަރުގެ ޖުލައި މަހުގެ 28 އިން ފެށިގެން ރާއްޖެ އެތެރެކުރާ އަދި ވިއްކާ ދުންފަތުގެ ބާވަތްތަކުގައި ސިއްހަތުގެ އިންޒާރު ޖަހަންޖެހޭ ގޮތަށް ހަދައިފި އެެވެ.
ހެލްތު ޕްރޮޓެކްޗަން އޭޖެންސީ (އެޗްޕީއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއަށް އެތެރެކުރާ އަދި ރާއްޖޭގައި ވިއްކާ ދުންފަތުގެ ބާވަތްތަކުގައި ޞިއްޙަތުގެ އިންޒާރު ޖަހަން މަޖުބޫރުވާނީ މިއަހަރުގެ ޖުލައި މަހުގެ 28 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އޭގެ ކުރިން އެ ގަވާއިދަށް އަމަލުކުރުމުގެ ސުންގަޑިއަކީ މި ހިނގާ ޖަނަވަރީ މަހުގެ 28 ވަނަ ދުވަހެވެ.
ޞިއްޙަތުގެ އިންޒާރު ނުޖަހާ ކުރިން އެތެރެކޮށްފައިވާ ދުންފަތުގެ ބާވަތްތައް ވެސް މިއަހަރުގެ ޖުލައި 27 ގެ ފަހުން ވިއްކުން ހުއްދައެއް ނުވާނެ އެވެ. އެހެން ކަމުން ޞިއްޙަތުގެ އިންޒާރު ނުޖަހާ މިހާރު ގެންނަ މިފަދަ ބާވަތްތައް ވެސް ޖުލައި 27 ވަނަ ދުވަހުގެ ނިޔަލަށް ވިއްކާ ހުސްކުރަންވާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭއިންވަނީ ދުންފަތުގެ އެއް ބްރޭންޑެއްގެ ތަފާތު ފްލޭވަރސް ހިމެނޭ ބާވަތްތަކާއި، އަދި އެ ބާވަތެއް ޕެކެޓް ކުރެވިފައިވާއިރު ޕެކެޓްގައި ތަކެތި ހުންނަ ޢަދަދާއި އެ ބާވަތެއް އުފެއްދި ޤައުމަށް ބަލާ، ތަފާތު އައިޓަމެއްގެ ގޮތުގައި މިހާރުގެ ލިސްޓްގައި ހިމަނާފަ އެވެ.
މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 22 ވަނަ ދުވަހު އަދާހަމަކުރި ލިސްޓުގައި، ރާއްޖޭގައި އަލަށް ރަޖިސްޓްރީ ކުރާ ދުންފަތުގެ ބާވަތްތައް ރަޖިސްޓްރީކޮށް ރެޖިސްޓާޑް ޓޮބޭކޯ ޕްރޮޑަކްޓްސް ލިސްޓްގައި ހިމަނާއިރު، އެއް ބާވަތެއްގެ އެއް ބްރޭންޑެއްގެ ތަފާތު ފްލޭވަސް އެތެރެ ކުރި ނަމަވެސް ފްލޭވާސް އަށް ބަލައި ވަކިން ރަޖިސްޓްރީ ކުރުން މިހާރު ލާޒިމު ނުވާނެކަމަށް އެޗްޕީއޭއިން މައުލޫމާތުދެ އެވެ.
އެޗްޕީއޭއިން ބުނީ ތަފާތު ބާވަތެއްގެ ގޮތުގައި ލިސްޓްގައި ހިމަނާއިރު އެއީ ވަކި އައިޓަމެއްގެ ގޮތުގައި ބަލައި ހިމަނާނީ، ދުންފަތުގެ އެ ބާވަތެއް ނިސްބަތްވާ ބާވަތް ނުވަތަ ކެޓަގަރީއާއި، ބްރޭންޑް އަދި އުފެއްދި ގައުމު އެއްގޮތްވާ ނަމަ ކަމަށެވެ.
މި ބަދަލާއެކު ދުންފަތުގެ އެއް ބާވަތެއްގެ އެއް ބްރޭންޑަކަށް ނިސްބަތްވާ ތަފާތު ފްލޭވަސް ވަކިން ރަޖިސްޓްރީ ކުރަން ނުޖެހުނު ނަމަވެސް، ތަފާސް ހިސާބުގެ ބޭނުމަށްޓަކައި، ދުންފަތުގެ އެއްވެސް ބާވަތެއް އެތެރެ ކުރާއިރު، އެ ބާވަތަކީ ފްލޭވަސް ހިމެނޭ ބާވަތެއް ނަމަ، ތަކެތި އެތެރެ ކުރާ މަރުހަލާގައި އެ މައުލޫމާތު ހިމެނޭ ލިޔެ ކިޔުން މޯލްޑިވްސް ކަސްޓަމްސް ސާވިސް އަށް ހުށަހަޅަން ޖެހޭނެއެވެ.