ENGLISH
09 ޖެނުއަރީ 2026
ކޮންގްރެސް ޕާޓީގެ އޮފީސް ހުޅުވުމުގެ ކުލަގަދަ ހަފްލާ މިރޭ، ހުރިހާ މެންބަރުންނަށް ދަޢުވަތު
07 ޖެނުއަރީ 2026
|
ކޮންގްރެސް ޕާޓީގެ އޮފީސް
ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ އޮފީސް ހުޅުވުމަށް ބާއްވާ ޚާއްސަ ހަފްލާ މިރޭ އޮންނާނެ ކަމަށާއި ވީހާވެސް ގިނަ މެންބަރުން އެ ހަފްލާގައި ބައިިވެރިވާން އެ ޕާޓީން އެދިއްޖެ އެވެ.
ހ. ވެޔޮވިލާގައި ޤާއިމުކޮށްފައިވާ ކޮންގްރެސްގެ އޮފީސް ހުޅުވުމަށް ޚާއްސަ ހަފްލާއެއް މިރޭ ބޭއްވުމަށް ވަނީ ނިންމައިފަ އެވެ. ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ނުވަތަ ކޮންގްރެސް ޕާޓީން ބުނީ އެ ހަފްލާ އޮންނަނީ މިރޭ 8:30 ގައި ކަމަށެވެ.
މި ޙަފްލާ ޝަރަފުވެރިކޮށް ދެއްވާނީ ރައީސުލްޖުމްހޫރިއްޔާ، އަދި ކޮންގްރެސް ޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ.
ކޮންގްރެސް ޕާޓީން ވަނީ މި ހަފްލާގައި ބައިވެރިވުމަށް ޕާޓީގެ ހުރިހާ މެންބަރުންނަށް ދަޢުވަތު ދީފަ އެވެ. މިވަގުތު 74،000 ވުރެ ގިނަ މެންބަރުން ހިމެނޭ ކޮންގްރެސް ޕާޓީގެ އޮފީސް ޤާއިމު ކޮށްފައިވަނީ ޕާޓީގެ ހަރުގެއާ އިންވެގެންނެވެ.
އޮފީހުގެ އިތުރުން ހަރުގެ ވެސް މިހާރު ދަނީ އިތުރަށް މަރާމާތު ކުރަމުންނެވެ. މިއީ ސިޔާސީ ހަރަކާތްތަކަށް ވަރަށް ބޮޑަށް ފައްކާކުރެވިގެން މިފަދަ ގޮތަކަށް އިމާރާތް އިމާރާތަކާއި ހަރުގެއެއް ތައްޔާރު ކުރެވޭ ފުރަތަމަ ފަހަރެވެ.
ކޮންގްރެސްގެ ހަރަކާތްތައް އިތުރަށް ފުޅާކޮށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ޕާޓީން ދަނީ ވަރަަށް ބޮޑަށް ތައްޔާރު ވަމުންނެވެ.