ENGLISH

19 އޭޕްރީލު 2025

Advertisement

ވޯޓަރ ތީމް ޕާކުގެ މަސައްކަތް އެޗްޑީސީން އަލުން ފަށަނީ

05 ޑިސެމްބަރު 2024

|

އެމް އެމް

ވޯޓަރ ތީމް ޕާކުގެ ކުރެހުމެއް

ހުޅުމާލޭގައި ހަދަން ފަށައި ހުއްޓިފައިވާ ވޯޓާ ތީމް ޕާކު އަލުން ތަރައްޤީ ކުރަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ނިންމަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ފަޟުލް ރަޝީދު ވަނީ ހުޅުމާލޭގައި ތަރައްޤީކުރާ ވޯޓާ ތީމް ޕާކާއެކު ކުޑަކުދިން ކުޅޭ ސަރަހައްދެއްވެސް ތަރައްޤީކުރުމަށް ނިންމާފައިވާކަން ފާހަގަކުރައްވާފައެވެ.

އެގޮތުން ވޯޓަރ ތީމް ޕާކާއި، އެ ޕާކް ހިމެނޭ ސަރަޙައްދު ތަރައްޤީ ކުރުމުގެ ޕްލޭން ޑިޒައިން ކުރުމުގެ މަސައްކަތް ސްރީލަންކާގެ ބަޔަކާއެކު ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިވަގުތު އެކަމުގެ އީއައިއޭ ވެސް ކުރިއަށް ދާކަން ފާހަގަ ކުރައްވަމުން ފަޒުލް ވިދާޅުވީ އެ މަސައްކަތް ނިމުމުން ހުޅުމާލެއިން ނަގާ ވެލިން އިތުރަށް ހިއްކައި ތަރައްޤީ ކުރުމަށް ނިންމާފައިވާ ކަމަށެވެ. ފަޒުލް ވިދާޅުވީ ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތް ފަށައި، އެތަނުގައި އެޑްވެންޗާ ޕާކެއް ވީހާ ވެސް އަވަހަކަށް ތަރައްގީ ކުރާނެ ކަމަށެވެ  

ކިޔުންތެރިންގެ ހިޔާލު