ENGLISH
08 ޖެނުއަރީ 2026
ރައީސުލްޖުމްހޫރިއްޔާ، ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސްކަމުގެ މަޤާމަށް ރަމީލާ ޢައްޔަންކުރައްވައިފި
07 ޖެނުއަރީ 2026
|
ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ޑރ. އާއިޝަތު ރަމީލާ | ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ރައީސަކަށް ކުރީގެ ވަޒީރު ޑރ. އާއިޝަތު ރަމީލާ މިއަދު އައްޔަނުކުރައްވައިފި އެވެ.
އެޗްއާރުސީއެމްގެ ރައީސަކަށް ޑރ. ރަމީލާ އައްޔަނުކުރަން ހުށަހެޅުއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ދައުރުން ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އެޗްއާރްސީއެމްގެ ރައީސްކަށް ޑރ. ރަމީލާ އައްޔަނުކުރަން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 38 މެމްބަރުންގެ އިއްތިފާގުންނެވެ.
ހުސްވި ޑިސެމްބަރުމަހުގެ 3 ވަނަ ދުވަހު އެޗްއާރުސީއެމްގެ މެންބަރުކަމަށް ޑރ. ރަމީލާ ވަނީ އައްޔަނުކުރައްވާފަ އެވެ.
ޑރ. ރަމީލާ އެޗްއާރުސީއެމްގެ މެންބަރުކަަމަށް އައްޔަންކުރެއްވީ، އެ ކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުންނެވި މަރިޔަމް މުނާގެ މަޤާމުގެ މުއްދަތު ހަމަވުމުންނެވެ.
މުނާގެ މެންބަރުކަމުގެ މުއްދަތު ހަމަވުމާއެކު އެޗްއާރުސީއެމްގެ ރައީސްގެ މަގާމުވެސް ކުރިން އޮތީ ހުސްކޮށެވެ.
ޑރ. ރަމީލާއަކީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއަށް މި ސަރުކާރުން އައްޔަނުކުރެއްވި ފުރަތަމަ ވަޒީރެވެ. އެހެންނަމަވެސް ޞިއްޙީ ޙާލުކޮޅު އޭރު ހުރިގޮތުން 2024 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 1 ވަނަ ދުވަހު އެކަމަނާ ވަނީ މަގާމުން އިސްތިއުފާދެއްވާފައެވެ.