ENGLISH
08 ޖެނުއަރީ 2026
ބަނގުރަލާއެކު ފަސް ބިދޭސީން ހައްޔަރުކޮށްފި
07 ޖެނުއަރީ 2026
|
މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ބިދޭސީން. ފޮޓޯ: ޕޮލިސް
ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކުރާކަމުގެ ތުހުމަތުގައި މާލެއިން ފަސް ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
ފުލުހުން ބުނީ މި މީހުން ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މި މަހު 5 ވަނަ ދުވަހު ހިންގި އޮޕަރޭޝަންއެއްގައި ކަމަށެވެ.
މި އޮޕަރޭޝަންގައި މާލޭގެ ގެެއެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރުމުގެ ތެރެއިން ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި ފުޅިތަކަކާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާކަމަށް ބެލެވޭ ސާމާނު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނޭޕާލުގެ ހަތަރު މީހުން ކަމަށްވާ ޑިއު ކުމަރް މެޔޮންގްބަ، (30އ) އާއި ސުމަން އަދިކަރި، (26އ) އާއި އާއި ރާމްޖި ޕަރިޔަރް (38އ) އާއި ބިކްރަމް ނެޕަލި (27އ) އަދި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މޮޒައްމެލް، (43އ) އެވެ.
މި އެންމެން ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުންގެ އިދާރާއިން ވަނީ ބުނެފަ އެވެ.
މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށް ވެސް، އެ ހިދުމަތުން ވަނީ ބުނެފަ އެވެ.