ENGLISH
08 ޖެނުއަރީ 2026
އެކުއަޓިކް ބަޔޯ ސެކިއުރިޓީއާ ގުޅޭ ދެ ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފި
07 ޖެނުއަރީ 2026
|
އެކުއަޓިކް ބަޔޯ ސެކިއުރިޓީއާ ގުޅޭ ތަމްރީނު ޕްރޮގްރާމްގެ ތެރެއިން--ފޮޓޯ: ފިޝަރީސް މިނިސްޓްރީ
އެކުއަޓިކް ބަޔޯ ސެކިއުރިޓީއާ ގުޅޭ ދެ ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފަށައިފި އެވެ.
މި ޕްރޮގްރާމަކީ ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށް ގެންދާ މޯލްޑިވްސް - ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ މެނޭޖްމަންޓް އިން ދި ސައިތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމެކެވެ.
މި ތަމްރީން ޕްރޮގްރަމް ކުރިއަށް ދާނީ މި މަހުގެ 7 އިން 8 އަށް މީރުމާގައި ކަމަށް ވުޒާރާއިން ވަނީ ބުނެފަ އެވެ.
ވުޒާރާއިން ބުނީ، މި ޕްރޮޮގްރާމް އަމާޒުކޮށްފައިވަނީ ބޯޑަރު ކޮންޓްރޯލް ކުރުމާއި، ރެގިއުލޭޝަން، ސަރވައިލެންސް އަދި ތިމާވެށި ހިމާޔަތް ކުރުމުގައި އިސް ދައުރެއް އަދާކުރާ ފަރާތްތަކަށް ކަމަށެވެ. މި ޕްރޮގްރާމްގައި ކަނޑާއި، އެއްގަމުގެ ދިރުންތަކާއި ގުޅުންހުރި ބާވަތްތައް އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި ދިމާވާ ބަޔޯ ސެކިއުރިޓީ ރިސްކުތައް ރައްކާތެރިކޮށް ބެލެހެއްޓުމުގެ މަޝްވަރާތައް ކުރިއަށް ގެންދާނެ ކަަމަށް ވުޒާރާއިން ވަނީ ބުނެފަ އެވެ.
އެކުއަޓިކް ބަޔޯ ސެކިއުރިޓީއާ ގުޅޭ ތަމްރީނު ޕްރޮގްރާމްގެ ތެރެއިން--ފޮޓޯ: ފިޝަރީސް މިނިސްޓްރީ
މި ޕްރޮގްރާމްގައި މަސްތަކަށާއި ޖަނަވާރުންނަށް ޖެހޭ ބަލިތަކުގެ އިތުރުން އިންސާނުންގެ ސިއްޙަތަށް ނުރައްކާވާ ބަލިތަކާ ބެހޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށް ވުޒާރާއިން ވަނީ ބުނެފަ އެވެ. އަދި ބަލި ދެނެގަތުމާއި، ރިޕޯޓް ކުރުމާއި، ރެސްޕޮންސް މެކޭނިޒަމްތަކާ ބެހޭ ގޮތުންވެސް މަޝްވަރާ ކުރާނެ ކަމަށް ބުންޏެވެ.
މި ތަމްރީން ޕްރޮގްރާމުގައި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ، މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް، މޯލްޑިވްސް ކަސްޓަމްސް ސާވިސް، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް، އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެކަމަށް ވުޒާރާއިން ވަނީ ބުނެފަ އެވެ.