ENGLISH

08 ޖެނުއަރީ 2026

Advertisement

ޢުމްރާގެ އަޅުކަމަށް ގޮސް އުޅުނު ދިވެއްސަކު ބަލިވެގެން ރާއްޖެ ގެންނަނީ

06 ޖެނުއަރީ 2026

|

އަޙުމަދު ޙަމީދު

ދިވެހީންގެ ބަޔަކު ސައުދީގައި

ޢުމްެރާގެ އަޅުކަމަށް ގޮސް އުޅުނު ދިވެއްސަކު ބަލިވެގެން ރާއްޖެ ގެންނަން ނިންމައިފި އެވެ.

އެކަން އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިރޭ ވަނީ ހާމަކުރައްވާފަ އެވެ. ވަޒީރު ވިދާޅުވި ގޮތުގައި ޢުމްެރާގެ އަޅުކަމަށް ގޮސް އުޅުނު ދިވެއްސަކު ބަލިވެގެން އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.

އަދި އެ މީހާ  ރާއްޖެ ގެނައުމުގެ މަސައްކަތް ޢާއިލާއާ ގުޅިގެން ދަނީ ކުރަމުންނެވެ. އެ މީހާ މި މަހުގެ 10 ވަނަ ދުވަހު މާލެ ގެނެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މިކަމުގައި މޯލްޑިވިއަންނާއި އައިޖީއެމްއެޗުން ދެއްވަމުންގެންދަވާ އެއްބާރު ލެއްވުމަށް ޝުކުރު ދަންނަވަން," ވަޒީރު ވިދާޅުވި އެވެ.

މި އަހަރުގެ ބޮޑު ޗުއްޓީއާ ދިމާކޮށް ހަތް ހާހަށް ވުރެ ގިނަ ދިވެހީން ވަނީ ޢުމްރާގެ އަޅުކަމަށް ސަޢުދީއަށް ގޮސްފަ އެވެ. ވަޒީރު ވިދާޅުވި ޖުމުލަކޮށް އެންމެންގެ ޙާލު ވެސް ރަނގަޅުކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު