ENGLISH

08 ޖެނުއަރީ 2026

Advertisement

ބަންގި މުބާރާތް މި ފަހަރު މުޅި ރާއްޖެއަށް; 19 އަތޮޅުން 19 ބައިވެރީން

06 ޖެނުއަރީ 2026

|

އަޙުމަދު ޙަމީދު

އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ ބަންގި މުބާރާތް -- "ނޫރުލް އަޛާން 1447" މި ފަހަރު ކޮންމެ އަތޮޅެއް ތަމްސީލުކުރާ ގޮތަށް ކުރިއަށް ގެންދަން ނިންމައިފި އެވެ.

އެ މިނިސްޓްރީން މިއަދު ވަނީ ބަންގި މުބާރާތުގައި އަތޮޅުތަކުން ބައިވެރިވާން ބޭނުންވާ ބައިވެރީންގެ ނަންތައް ފޮނުވަން އެދިފަ އެވެ. މިނިސްޓްރީން ބުނީ މި ފަހަރު މުބާރާތް ބޭއްވުމަށް ރާވާފައިވަނީ ކޮންމެ އަތޮޅެއް ތަމްސީލުކުރާ ގޮތަށް 19 އަތޮޅުން 19 ބައިވެރީންނާ އެކު ކަމަށެވެ.

މިނިސްޓްރީން ވަނީ އަތޮޅު އޮޑިޝަންގައި ބައިވެރިވާން ބޭނުންވާ ބައިވެރީންގެ މައުލޫމާތު ޖަނަވަރީ 15 ވަނަ ދުވަހުގެ ކުރީން ފޮނުވައިދޭން އެދިފަ އެވެ.

މުބާރާތުގައި ބައިވެރިވެވޭނީ 15 އަހަރާއި 20 އަހަރާއި ދެމެދުގެ އުމުރުފުރާގެ ފިރިހެން ބައިވެރީންނަށެވެ. މުބާރާތުގައި މައިގަނޑު ދެ ބުރެއް ހިމެނޭނެ އެވެ. 

ކިޔުންތެރިންގެ ހިޔާލު