ENGLISH
08 ޖެނުއަރީ 2026
އުމްރާނީ ތަރައްޤީގެ 14 މަޝްރޫޢެއްގެ އެއްބަސްވުންތަކުގައި ސޮއިކޮށްފި
06 ޖެނުއަރީ 2026
|
އުމްރާނީ ތަރައްޤީގެ 14 މަޝްރޫޢެއްގެ އެއްބަސްވުންތަކުގައި ސޮއިކުރުން --
އުމްރާނީ ތަރައްޤީގެ 14 މަޝްރޫޢެއްގެ އެއްބަސްވުންތަކުގައި ސޮއިކޮށްފި އެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނީ 14 ރަށެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އުމްރާނީ ތަރައްޤީގެ 14 މަޝްރޫޢެއްގެ އެއްބަސްވުންތަކުގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.
މި އެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އިސްމާޢިލް ޙަމީދެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔާރޑް) އަހްމަދު ސައުދީ އެވެ.
މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކަކީ:
* ނ. ހެނބަދޫ ބިންހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުން
* ނ. ހޮޅޮދޫ ބިންހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުން
* ގއ. ކަނޑުހުޅުދޫ ބިންހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުން
* ދ. ބަނޑިދޫ ބިންހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުން
* ނ. މާފަރު ހިއްކުމުގައި ގޮނޑުދޮށް ޙިމާޔަތްކުރުން
* ރ. އުނގޫފާރު ބަނދަރު ތަރައްޤީކުރުން
* ހއ. މުރައިދޫ ބަނދަރު ބޭރުތޮށި ތަރައްޤީކުރުން
* ހއ. އިހަވަންދޫ އާޓިފިޝަލް ބީޗް ތަރައްޤީކުރުން
* ނ. މާޅެންދޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން
* ރ. އަލިފުށި އިންޑަސްޓްރިއަލް ޒޯން ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން
* ހއ. ފިއްލަދޫ ގޮނޑުދޮށް ހިމާޔަތްކުރުން
* ހއ. ވަށަފަރު ބިންހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުން
* ކ. ގާފަރު ގޮނޑުދޮށް ހިމާޔަތްކުރުން
* ގދ. ފަރެސްމާތޮޑާ މަގު ހެދުން (ދެވަނަ ފިޔަވަހި)