ENGLISH

08 ޖެނުއަރީ 2026

Advertisement

އެފްއޭއެމްގެ ފައިސާއަށް ޚިޔާނަތްތެރިވި މައްސަލަ: އަމީން ސަލާމަތްވުމުން މައްސަލަ ހައިކޯޓަށް

06 ޖެނުއަރީ 2026

|

އަޙުމަދު ޙަމީދު

ޕީޖީ --

އެފްއޭއެމްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި އަމީން ކޮންސްޓްރަކްޝަން ޕްރައިވްޓް ލިމިޓެޑްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާ ކަމަށް ޙުކުމްކުރުމުން އެ ނިންމުން އިސްތިއުފާނު ކުރަން ނިންމައިފި އެވެ.

ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން މިއަދު ބުނީ އަމީން ކޮންސްޓްރަކްޝަން ޕވޓ. ލޓޑ ހިމެނޭ މުޢާމަލާތާ ގުޅިގެން ބައްސާމް ޢަދީލް ޖަލީލްގެ މައްޗަށް މަނީ ލޯންޑްރިންގގެ ދަޢުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވާ ކަމަށެވެ. އަދި މި މުޢާމަލާތާ ގުޅިގެން އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ހުށަހެޅި ދަޢުވާ ސާބިތުނުވާ ކަމަށް އެކޯޓުން ޙުކުމްކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެ އޮފީހުން ދެކޭ ގޮތުގައި ކޯޓްގެ މި ނިންމުމަކީ ޝަރުޢީ އަދީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަަމަށް ދެކޭ ކަމަށެވެ.

އެހެންކަމުން އަމީން ކޮންސްޓްރަކްޝަންގެ ބައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ޕީޖީ އޮފީހުން ޤަޞްދުކުރާ ކަމަށް ވަނީ ބުނެފަ އެވެ.

"ނަމަވެސް، މިކަމުގައި އެންމެ ފަހު ނިންމުމެއް ނިންމެން އޮތީ މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ފުރިހަމަ ރިޕޯޓު މި އޮފީހަށް ލިބުމުން ކަމަށްވާތީ، އެ ިރިޕޯޓް މި އޮފީހަށް ލިބުމުން އިސްތިއުނާފު ކުރުމާމެދު ފަހު ނިންމުމެއް ނިންމާނަމެވެ," ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު