ENGLISH
08 ޖެނުއަރީ 2026
ކުންފުނީގެ މުވައްޒަފުންނަކީ ނަމޫނާ ބައެއް، ތަފާތުކުރުމެއް ނެތި އެހީތެރިކަން ފޯރުކޮށްދޭނެ: އެމްއޭސީއެލް
06 ޖެނުއަރީ 2026
|
އައު ޓާމިނަލުން ހިދުމަތްދެނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ނަމޫނާ ބައެއްކަމަށާއި މުވައްޒަފުންގެ ފަރާތުން އެހީތެރިކަން ނުލިބޭކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ޚަބަރުތައް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ދޮގުކޮށްފި އެވެ.
އައު ޓާމިނަލުން ޚިދުމަތް ދިން ނަމަވެސް ޗެކިންވުމަށް ހޭދަވާ ވަގުތަށް ބަދަލު ނާންނަ ކަމަށާއި މުވައްޒަފުންގެ ފަރާތުން ވެސް ބޭނުންވާ އެއްބާރުލުން ނުލިބޭކަމަށް ބުނެ ބައެއް ދަތުރުވެރިން ސޯޝަލްމީޑިއާގައި އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިކަމާ ގުޅިގެން "އެމްއެމްޓީވީ" އަށް މައުލޫމާތު ދެއްވަމުން އެމްއޭސީއެލްއިން ބުނީ އަަހަރު ފެށޭ މި ދުވަސްވަރަކީ އާއްމުކޮށްވެސް ބާރުބޮޑު ދުވަސްވަރެއް ކަމަށާއި އެހެންނަމަވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ފަސިންޖަރ ޓާމިނަލުން ޚިދުމަތް ދޭން ފެށުމާއެކު މިހާރު ޗެކިންވުމަށް ގިނަ ވަގުތު ހޭދަކުރަން ނުޖެހޭނެ ކަމަށެވެ. އައު ޓާމިނަލާއެކު ފަސިންޖަރުންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުުކުރެވިފައިވާ ކަމަށް ވެސް އެމްއޭސީއެލްއިން މައުލޫމާތު ދެއެވެ.
ޗެކިން ޚިދުމަތް އަވަސްކޮށްދޭން އެމްއޭސީއެލްގެ މުވައްޒަފުންގެ ފަރާތުން އެހީތެރިކަމެއް ނުލިބޭކަމަށްބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތައް އެ ކުންފުނިންވަނީ ދޮގުކޮށް ފައެވެ.
""އެމްއޭސީއެލްގެ މުވައްޒަފުންނަކީ (ހިދުމަތް ދިނުމުގައި) ނަމޫނާ ބައެއް. ހުރިހާ ފަސިންޖަރުންނަށް ވެސް އެ ފަސިންޖަރަކު ބޭނުންވާ އެހީތެރިކަމެއް އެއްވެސް ތަފާތުކުރުމެއް ނެތި ކުންފުނިން ފޯރުކޮށްދޭނެ" " - އެމްއޭސީއެލް
މި ދުވަސްވަރަކީ ބާރުބޮޑު ދުވަސްވަރެއްކަން ދެނެތިބެ ފުރުމުގެ ދެ ގަޑިއިރު ނުވަތަ ތިން ގަޑިއިރުކުރިން އެއާޕޯޓަށް ދިިއުމަށްވެސް އެމްއޭސީއެލްއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ވީއައިއޭ އައު ޓާމިނަލް ހުޅުވާފައިވަނީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރުފުރުން ފާހަގަކުރުމުގެ މުނާސަބަތާ ދިމާކޮށް ޖުލައި މަހުގެ 26 ވަނަ ދުވަހެވެ.