ENGLISH

09 ޖެނުއަރީ 2026

Advertisement

އަމާޒަކީ ރޯދަމަސް ނިމޭހާ ތަނަށް ހޯމް ނާސިންގެ ޚިދުމަތް ފެށުން: އައިޖީއެމްއެޗް

06 ޖެނުއަރީ 2026

|

އައިމިނަތު ޝަފާ

އައިޖީއެމް ހޮސްޕިޓަލް. --ފޮޓޯ: ޕްރެސްއެމްވީ

އަމާޒަކީ ރޯދަމަސް ނިމޭހާތަނަށް ހާއްސަ ފަރުވާ ބޭނުންވާ މީހުންނަށް ހޯމް ނާސިންގެ ހިދުމަތް ފެށުންކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނެފި އެވެ. 

ހޯމް ނާސިން ކެއާގެ ޚިދުމަތް ފެށުމުގެ ގޮތުން ވަމުންދާ ތައްޔާރީތަކަށް ބޭނުންވާ ސައިކަލު ހޯދުމަށް މިހާރު އެ ހޮސްޕިޓަލުން ވަނީ އިއުލާނުކޮށް ފައެވެ.

"އެމްއެމްޓީވީ" އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ މެޑިކަލް ޑައިރެކްޓަރ ޑރ. އާމިނަތު ޒޭބާ ވިދާޅުވީ ހޯމް ނާސިންގެ ޚިދުމަތަކީ އާއްމުކޮށް ހުޅުވާލެވިގެން ކުރިގެންދާ ޚިދުމަތެއް ނޫން ކަމަށެވެ. 

މި ޚިދުމަތަކީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާދިނުމަށްފަހު ދޫކޮށްލާ ބަލިމީހުންނާއި ދިގު މުއްދަތަކަށް ބޭސްފަރުވާ ކުރާ މީހުން ފަރުވާއަށް ފަހު ދޫކޮށްލުމުން އެ މީހުންގެ ހާލަތު ގާތުން ބެލުމަށް ކުރިއަށްގެންދަން ރާވާލެވިފައިވާ ޚިދުމަތެއް ކަމަށް ޑރ. ޒޭބާ ވިދާޅުވި އެވެ.

"މި ޚިހިދުމަތަށް ހާއްސަކޮށް މިހާރު އަޅުގަނޑުމެންވާނީ ނަރުހުންގެ ޕޫލްއެއް ނަގާފައި. މިހާރު ކުރިއަށްދަނީ ޚިދުމަތަށް ނެގި ނަރުހުން ޓްރެއިން ކުރުމުގެ މަސައްކަތްތައް. ބައެއް މީހުންނަކީ އެޑްމިޓުކޮށްގެން ފަރުވާދިނުމަށް ފަހު ދޫކޮށްލި ނަމަވެސް ވަކި މުއްދަތެއް ވަންދެން ޚާއްސަ އިސްކަމެއްދީގެން ބަލަހައްޓަންޖެހޭ ބައެއް. މި ޚިދުމަތުގެ ސަބަބުން އެފަދަ މީހުން އައިޖީއެމްއެޗްގެ ކިއުގައި ނުޖެހި، ހޮސްޕިޓަލަށް ނައިސް ހާލަތު ގާތުން މޮނިޓަރކުރެވިގެންދާނެ. އެގޮތުން ހަފްތާއަކު ދެފަހަރު ނުވަތަ ތިން ފަހަރު ބަލިމީހާގެ ގެއަށް އަޅުގަނޑުމެންގެ ޓީމުތަކުން ޒިޔާރަތްކުރާގޮތަށް މިވަނީ ހަމަޖެހިފައި.  " - އައިޖީއެމްއެޗްގެ މެޑިކަލް ޑައިރެކްޓަރ ޑރ. އާމިނަތު ޒޭބާ

މި ޚިދުމަތް ފެށޭނެ ތާރީހަކާ ގުޅޭގޮތުން ސުވާލުކުރުމުން ޑރ. ޒޭބާ ވިދާޅުވީ މަސައްކަތްކުރަމުން ދަނީ ރޯދަމަސް ނިމޭހާތަނަށް ހޯމް ނާސިންގެ ހިދުމަތް ފެށުމަށް ކަމަށެވެ. 

މި ޚިދުމަތުގެ ސަބަބުން ބަލިމީހުން ހޮސްޕިޓަލަށް ގެންނަންޖެހޭ ޖެހުން މަދުކުރެވޭނެކަން ޒޭބާ ފާހަގަކުރެއްވި އެވެެ.

ކިޔުންތެރިންގެ ހިޔާލު