ENGLISH

09 ޖެނުއަރީ 2026

Advertisement

މާމިގިލީގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފި

06 ޖެނުއަރީ 2026

|

މަރިޔަމް ލީމް

އދ. މާމިގިލީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން އެ ރަށުގެ މަގުތަކުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ތާރު އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް މާމިނގިލީގައި ބޭއްވި ރަސްމިއްޔާތުގައި އެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މި ރަސްމިއްޔާތުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންމ (އާރްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމްގެ އިތުރުން މާމިގިލީ ދާއިރާގެ މަޖިލިސް މެންބަރު ޤާސިމް އިބްރާހިމް ބައިވެރިވެވަޑައިގެންނެވިއެވެ.

މާމިގިލީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ 89 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ކެރިއޭޖްވޭ އަދި ސައިޑްވޯކްގެ މަސައްކަތްތަކާ، ކާނުތަކާއި ސްޓޯރމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމް ގާއިމުކުރުމާއި ސްޕީޑް ބްރޭކަރާއި ރޯޑް ސައިން ބޯޑު ހަރުކުރުން ހިމެނެއެވެ. 

މަގުތަކުގައި ތާރު އެޅުމަށް އަމަލީ މަސައްކަތް ފެށުން

މަސައްކަތްތަކުގެ އަދާހަމަ:

  • ޖުމްލަ 6 މަގެއް ހިމެނޭހެން 4.8 ކިލޯމީޓަރ
  • ކޭބަލް ޖަންކްޝަނާއި ހޮޅި އެޅުމުގެ މަސައްކަތް ނިމިފައި
  • ދުވާރާއި ކާރބް ސްޓޯންޖެހުމުގެ 99 އިންސައްތަ މަސައްކަތް ނިމިފައި
  • ތާރު އެޅުމުގެ ކުރިން އަޅާ އޭބީސީ ފަށަލައިގެ މަސައްކަތް ނިމިފައި
  • ޕަމްޕް ސްޓޭޝަންތަކުގެ 61 އިންސައްތް މަސައްކަތް ނިމިފައި

އދ. މާމިގިލީގައި މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢަކީ 95,043,314.41 ރުފިޔާގެ މަޝްރޫޢެކެވެ. އަދި މި މަސައްކަތުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 26 ގައެވެ. 

ކިޔުންތެރިންގެ ހިޔާލު