ENGLISH
09 ޖެނުއަރީ 2026
ގްލޯބަލް ސުމޫދު ފްލޮޓިލާގެ ވަފުދެއް ރާއްޖެއަށް
06 ޖެނުއަރީ 2026
|
ގްލޯބަލް ސުމޫދު ފްލޮޓިލާގެ ވަފުދު ރާއްޖޭގައި// ފޮޓޯ:ސޯޝަލް މީޑިއާ
ޣައްޒާގެ ހިސާރު ނައްތާލައި އެ ސަހަރުގައި ހާލުގައި ޖައްސާފައިވާ މުސްލިމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބާރުއަޅައި، އެކަން ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް މަސައްކަތްކުރާ ގްލޯބަލް ސުމޫދު ފްލޮޓިލާގެ އިސް ވަފުދެއް މިއަދު ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.
ތިން ދުވަހުގެ މި ދަތުރުގައި ގްލޯބަލް ސުމޫދު ފްލޮޓިލާގެ ސްޓިއަރިން ކޮމިޓީގައި ހިމެނޭ އިސް ހަތަރު މެމްބަރަކު ބައިވެރިވެރިވެ އެވެ.
އެ ޖަމިއްޔާއިން ރާއްޖެއަށް ކުރަމުން މިދާ ޒިޔާރަތުގެ ތެރެއިން ސަރުކާރުގެ އިސްވެރިންނާއި، މަދަނީ ޖަމިއްޔާތަކާއި ބައްދަލުކޮސް އެ ޖަމާއަތުގެ މަގުސަދުތަކާއި، ކުރިއަށް ރޭވި ހުރި ހަރަކާތްކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޣައްޒާގެ ހިސާރު ނައްތާލުމަށް ބާރުއަޅައި މިދިޔަ ޖުލައިމަހު ގްލޯބަލް ސުމޫދު ފްލޮޓިލާއިން ކުރިއަށް ގެންދިޔަ ހަރަކާތުގެ ސަބަބުން ސަހުޔޫނީ ޣައިރު ގާނޫނީ ދައުލަތަށް ވަނީ ބައިނަލްއަގްވާމީ ފިއްތުންތަކާ ކުރިމަތިލާންޖެހިފަ އެވެ.
ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދިޔަ މި ހަރަކާތުގައި އެކި ގައުމުތަކަށް ނިސްބަތްވާ ސާޅީހަށްވުރެ ގިނަ އުޅަނދު ބައިވެރިވި އެވެ.
އެ އުޅަނދުތަކުގައި ޣައްޒާއަށް ދަތުރު ކުރި މީހުންގެ ތެރޭގައި އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓުންނާއި، ވިލާތުގެ ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުން ވެސް ހިމެނެ އެވެ.
ނަމަވެސް ސަހުޔޫނީން ވަނީ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުން އެ އުޅަނދުތަކަށް ހުރަސްއަޅާފަ އެވެ.