ENGLISH

21 މާރިޗު 2026

Advertisement

އެޗްއާރްސީއެމްގެ ރައީސަކަށް ޑރ. ރަމީލާ އައްޔަނުކުރަން ފާސްކޮށްފި

06 ޖެނުއަރީ 2026

|

އައިމިނަތު ޝަފާ

ޑރ. އައިޝަތު ރަމީލާ. --ފޮޓޯ: ރައީސް އޮފީސް

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ރައީސަކަށް ކުރީގެ ވަޒީރު ޑރ. އާއިޝަތު ރަމީލާ އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.  

އެޗްއާރުސީއެމްގެ ރައީސަކަށް ޑރ. ރަމީލާ އައްޔަނުކުރަން ހުށަހެޅުއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. 

ދައުރުން ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެޗްއާރްސީއެމްގެ ރައީސްކަށް ޑރ. ރަމީލާ އައްޔަނުކުރަން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 38 މެމްބަރުންގެ އިއްތިފާގުންނެވެ. 

އެޗްއާރުސީއެމްގެ މެންބަރުކަމަށް ޑރ. ރަމީލާ އައްޔަންކުރަން މަޖިލީހުން ފާސްކުރީ، މިދިޔަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ. އަދި އެ މަގާމަށް އެކަމަނާ އައްޔަނުކުރެއްވީ ހުސްވި ޑިސެމްބަރުމަހުގެ 3 ވަނަ ދުވަހުއެވެ. 

ޑރ. ރަމީލާ އެޗްއާރުސީއެމްގެ މެންބަރުކަަމަށް އައްޔަންކުރެއްވީ، އެ ކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުންނެވި މަރިޔަމް މުނާގެ މަޤާމުގެ މުއްދަތު ހަމަވުމުންނެވެ. 

ރ. ރަމީލާއަކީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއަށް މި ސަރުކާރުން އައްޔަނުކުރެއްވި ފުރަތަމަ ވަޒީރެވެ. އެހެންނަމަވެސް ޞިއްޙީ ޙާލުކޮޅު އޭރު ހުރިގޮތުން 2024 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 1 ވަނަ ދުވަހު އެކަމަނާ ވަނީ މަގާމުން އިސްތިއުފާދެއްވާފައެވެ. 

އެޗްއާރުސީއެމްގައި 5 މެންބަރުން ތިއްބަވައެވެ. 

ކިޔުންތެރިންގެ ހިޔާލު