ENGLISH
10 ޖެނުއަރީ 2026
ހަދަމުންދިޔަ އިމާރާތެއްގައި އަލިފާން ރޯވެއްޖެ
06 ޖެނުއަރީ 2026
|
ހަދަމުންދިޔަ އިމާރާތެއްގައި އަލިފާން ރޯވުން --
ހަދަމުންދިޔަ އިމާރާތެއްގައި އަލިފާން، ރޯވެެއްޖެ އެވެ. އަލިފާން ރޯވީ ގަލޮޅު ސައިރިކްސް ކޮލެޖު ކައިރީ ހުރި ގެއެއްގަ އެވެ.
މި ހާދިސާގެ ރިޕޯޓް މިރޭ 23:22 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާ އެކު، މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފަ އެވެ. މިގޮތުން، ފަޔަރފައިޓަރުން ކުރި މަސައްކަތުން އިމާރާތުގައި ރޯވެފައި ހުރި އަލިފާން ކޮންޓްރޯލް ކުރެވުނީ މިރޭ 23:56 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވާ ކަމަށްވެސް ބުންޏެވެ.