ENGLISH

10 އޭޕްރީލު 2025

Advertisement

ނިއުކާސަލް ކައިރިން ލިވަޕޫލް ސަލާމަތެއް ނުވި

05 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

ލިވަޕޫލާ ނިއުކާސަލް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: އޭޕީ

އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލް ބައްދަލު ކުރި މެޗު 3-3 އިން އެއްވަރުވެއްޖެއެވެ.

މި މެޗު އެއްވަރުވި ނަމަވެސް އަދިވެސް އެއްވަނައިގައި އުޅެނީ ލިވަޕޫލެވެ. އެ ޓީމަށް ކުޅުނު 14 މެޗުން ލިބިފައިވަނީ 35 ޕޮއިންޓެވެ. ދެވަނައިގައި އުޅޭ ޗެލްސީ އަށް 14 މެޗުން 28 ޕޮއިންޓް ލިބިފައިވާއިރު، މި އަދަދަށް ޕޮއިންޓް ލިބިގެން ފައިދާ ގޯލްގެ ތަފާތުން ތިންވަނައިގައި އޮތީ އާސެނަލެވެ. ހަތަރުވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 14 މެޗުން ލިބިފައިވަނީ 26 ޕޮއިންޓެވެ.

ސެއިންޓް ޖޭމްސް ޕާކްގައި ކުޅުނު މެޗުގެ 35 ވަނަ މިނެޓުގައި ނިއުކާސަލުން ލީޑު ނެގީ އަލެކްސެންޑާ އިސާކް ކާމިޔާބުކުރި ގޯލުންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ ފަސް މިނެޓް ތެރޭގައި ލިވަޕޫލަށް އެއްވަރުކޮށްދިނީ ކާޓިސް ޖޯންސް އެވެ. އޭގެފަހުން، މެޗުގެ 62 ވަނަ މިނެޓުގައި އެންތަނީ ގޯޑަންގެ ލަނޑުން ނިއުކާސަލް ލީޑު ނެގިއެވެ. އެކަމަކު، އޭގެ ހަ މިނެޓު ފަހުން، ސަލާހުގެ ލަނޑުން ލިވަޕޫލް އެއްވަރުކޮށް، މެޗުގެ 83 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހައި ސަލާހު ވަނީ އަލުން ލީޑު ނަގައިދީފައެވެ.

މި ނަތީޖާގައި އޮވެ މެޗު ނިމެން ދަނިކޮށް، އެންމެ ފަހު މިނެޓުގައި ނިއުކާސަލުން އަނެއްކާވެސް އެއްވަރުކުރިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފަބިއެން ޝެއާ އެވެ.

މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި މެންޗެސްޓާ ސިޓީން ވަނީ އަމިއްލަ ދަނޑުގައި 3-0 އިން ނޮޓިންހަމް ފޮރެސްޓް ބަލިކޮށްފައެވެ. މި މެޗުގައި ސިޓީގެ ލަނޑުތައް ޖަހައިދިނީ ބެނާޑޯ ސިލްވާ، ކެވިން ޑި ބްރޭނާ އާއި ޖެރެމީ ޑޮކޫ އެވެ.

ކިޔުންތެރިންގެ ހިޔާލު