ENGLISH

07 ޖެނުއަރީ 2026

Advertisement

މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނުން، ފުލުހުން ހަރަކާތްތެރިވަނީ

04 ޖެނުއަރީ 2026

|

އަޙުމަދު ޙަމީދު

ފުލުހުންގެ ލޯންޗެއް --

މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު އޮޔާ ދާކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ދެންމެ ބުނީ ރ. ކިނޮޅަހާ ދިމާ ބޭރު ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު އޮޔާ ދާކަމުގެ މައުލޫމާތު މިއަދު ހަވީރު 16:24 އެހާކަންހާއިރު ލިބިފައިވާ ކަމަށެވެ. އަދި އެ ރިޕޯޓާއި ގުޅިގެން ފުލުހުން ދަނީ ހަރަކާތްތެރިވަމުން ކަމަށް ވެސް ބުންޏެވެ.

މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށް ވަނީ ބުނެފަ އެވެ. އަދި އިތުރު މައުލޫމާތު ލިބޭ މިންވަރަކުން ހިއްސާ ކުރާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު