ENGLISH

09 ޖެނުއަރީ 2026

Advertisement

އިލްތިމާސަކީ މުވައްޒަފުން ކޮރަޕްޝަނުގައި ނުޖެހުން: އާދަމް ޝަރީފް

04 ޖެނުއަރީ 2026

|

މަރިޔަމް ލީމް

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ އެއްވެސް މުވައްޒަފަކު ކޮރަޕްޝަނަށް މަގުފަހިވާ ޢަމަލެއް ނުހިންގުމަށް އެ ވުޒާރާގެ ވަޒީރު، އާދަމް ޝަރީފު ޢުމަރު އިލްތިމާސްކުރައްވައިފިއެވެ.

މިފަދައިން ވަޒީރު ވިދާޅުވީ މި ފެށުނު 2026 ވަނަ އަހަރުގެ މުނާސަބަތުގައި މިއަދު ހެނދުނު އެ ވުޒާރާގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ސިޓީތަކާއި އިދާރީ ދާއިރާތއް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލަމުން ވަޒީރު ވިދާޅުވީ މަޝްރޫޢުތަކުގެ ފައިނޭންސިންގ މަސައްކަތްތައް ކުރިއަށް ގެންދަނީ ސަރުކާރުގެ އުސޫލުތަކާއި އެއް ގޮތަށް ކަމަށެވެ. އަދި ސަރުކާރުގެ މާލިއްޔަތު ޤާނޫނާއި ޚިލާފަށް އެއްވެސް ކަމެއް ވުޒާރާއިން ކުރިއަށް ނުގެންދާނެކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.

ހާމަކަން ބޮޑު ގޮތެއްގައި ހަވާލުކުރެވިފައިވާ މަސައްކަތް ކުރުމަށް ގޮވާލެއްވެމުގެ އިތުރުން ވަޒީރު ވަނީ މަސައްކަތުގެ މާޙައުލުގައި ނަޒާހަތްތެރިކަން އިސްކުރަން އެ ވުޒާރާގެ މުވައްޒަފުންނަށް އިލްތިމާސްކުރައްވާފައެވެ. އަދި ވުޒާރާގެ ހުރިހާ މުވައްޒަފުން ވެސް އެ ގޮތުގައި ދެމިތިބުމަށް ވަޒީރު އެދިވަޑައިގަންނަވާފައިވެއެވެ.

އެ ވުޒާރާގއި މަސައްކަތްކުރައްވާ އެންމެހާ މުވައްޒަފުންނާއެކު ބޭއްވި މި ބައްދަލުކުރެއްވުމުގައި ސިޓީތަކާއި އިދާރީ ދާއިރާތއް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން މިހާރު ކުރިއަށްގެންދާ މަޝްރޫޢުތަކާއި އަދި މި އަހަރަށް ރާވާފައިވާ ކަންކަންކަމުގެ މައުލޫމާތު ވެސް ވަޒީރު ހިއްސާކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު