ENGLISH

07 ޖެނުއަރީ 2026

Advertisement

މުހިންމު ބިލްތަކެއް ހުށަހެޅުމަށް ދައުރުން ބޭރުން މާދަމާ ޖަލްސާއެއް ބާއްވަނީ

04 ޖެނުއަރީ 2026

|

އައިމިނަތު ޝަފާ

މަޖިލީހުގެ ޖަލްްސާއެއް ހިނގަމުންދަނީ

މުހިންމު ބިލްތަކެއްގެ މަސައްކަތް ކުރުމަށް ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް މާދަމާ ބޭއްވުމަށް ތާވަލުކޮށްފިއެވެ.

ޖަލްސާގެ އެޖެންޑާގައިވާ ގޮތުން ގާނުނު އަސާސީ އިސްލާހުކުރުން ހިމެނޭހެން ސަރުކާރުގެ 3 ބިލެއް މަޖިލީހުގެ ތަޅުމަށް ހުށަހަޅާ ބަހުސްކުރާނެއެވެ. 

މާދަމާގެ ޖަލްސާގައި  މަޖިލީހަށް ހުށަހަޅާ ބިލުތައް:

* ސަރުކާރުގެ ފަރާތުން، ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިޞްލާޙު ގެނައުމުގެ ބިލު

* ސަރުކާރުގެ ފަރާތުން، މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލްޤާދިރު ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު

* ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލު

މީގެ އިތުރުން ރީ-އެމްޕްލޯއިމަންޓްގެ ބިލަށް ވޯޓަށް އެހުމަށް ވެސް މާދަމާ އަށް އޮތީ ނިންމާފައެވެ. 

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ނިންމައި މެމްބަރުން ޗުއްޓީއަށް ދިޔައީ ހުސްވި ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، ކޮންމެ އަހަރަކު ވެސް އާ ދައުރު ފަށާނީ ފެބްރުވަރީ މަހެވެ. ނަމަވެސް ފެބްރުވަރީ މަހު މި އަހަރުގެ ފުރަތަމަ ދައުރު ފަށާނެ ވަކި ތާރީޚެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އަދި ހާމައެއް ނުކުރެއެވެ.

މާދަމާގެ ޖަލްސާއަކީ ދައުރުން ބޭރުން މި އަހަރު ބާއްވާ ފުރަތަމަ ޖަލްސާއެެވެ. 

ކިޔުންތެރިންގެ ހިޔާލު