ENGLISH
07 ޖެނުއަރީ 2026
ކުށްކުރާކަމަށް ބެލެވޭ ސަރަހައްދުތައް 48 ގަޑިއިރުގެ ތެރޭ 415 ފަހަރު ޗެކްކޮށްފި
04 ޖެނުއަރީ 2026
|
ފުލުހުންގެ މާލޭ މަގުމަތީ ހަރަކާތްތެރިވަނީ
މާލެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ކުށްކުރާކަމަށް ބެލެވޭ ސަރަހައްދުތައް 415 ފަހަރު ޗެކްކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް މި އޮޕަރޭޝަނުގެ ތެރެއިން ކުށް ކުރާކަމަށް ބެލެވޭ ސަރަހައްދުތައް 415 ފަހަރު ބަލައި ފާސްކޮށްފައިވާއިރު، މަގުމަތިން 94 މީހަކު ހުއްޓުވައި ސުވާލުކޮށްފައިވެއެވެ.
އޮޕަރޭޝަނުގެ ތެރެއިން 6 އުޅަނދު ބަލައި ފާސްކޮށް 4 އުޅަނދު ވަނީ ޓޯކޮށްފައެވެ.
ފުލުހުން ބުނީ ފާއިތުވި 48 ގަޑިއިރު ތެރޭގައި މާލޭގެ އެކި ސަރަހައްދުތަކުގައި ފުޓްޕެޓްރޯލްކޮށް ބަލަހައްޓާފައިވާކަމަށެވެ. އެގޮތުން، ޖުމްލަ 9 ގަޑިއިރަށްވުރެ ގިނަ ވަގުތު ފުޓްޕެޓްރޯލް ކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
މި އަހަރުގެ މޭ މަހުގައި ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަސްދީގުކުރެއްވުމާއެކު، ފުލުހުންވަނީ ގޭންގުތަކުގެ ހަރަކާތްތައް މަދުކުރުމަށް އިންތިޒާމީ ގޮތެއްގައި މުޅި ރާއްޖޭގައި ގިނަ ހަރަަކާތްތަކެއް ހިންގަން ފަށާފައެވެ.
ގޭންގު ކުރައިމް އެންފޯސްމަންޓުގެ ނަމުގައި ފުލުހުންގެ ވަކި ވިންގެއް ގާއިމުކޮށް އޮޕަރޭޝަންތައް ފުޅާކޮށްފައިވާއިރު އައު ގާނޫނަށް އަމަލުކުރަން ފެށިފަހުން، ގޭންގު ހަދައިގެން ކުށްކުރަމުން އައި މީހުންގެ ހަރަކާތްތައް މާލެއާއި އަތޮޅު ތެރޭގައިވެސް ވަރަށް ބޮޑަށް މަދުވެފައިވާކަން ފުލުހުން ފާހަގަކުރެއެވެ.