ENGLISH

07 ޖެނުއަރީ 2026

Advertisement

ގދ. ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ ބިން ހިއްކުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދަނީ

04 ޖެނުއަރީ 2026

|

އާމިނަތު ނުޒްލާ

ގދ.ތިނަދޫގެ އިންޑަސްޓްރިއަލް ޒޯންގެ ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން-- ފޮޓޯ: އެމްޓީސީސީ

ގދ. ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ ބިން ހިއްކުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މިހާރު ކުރިއަށްދަނީ، އެ ސަރަހައްދު ފުން ކުރުމާއި ބިން ހިއްކުމުގެ މަސައްކަތް ކަމަށެވެ.

ގދ.ތިނަދޫގެ އިންޑަސްޓްރިއަލް ޒޯންގެ ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން-- ފޮޓޯ: އެމްޓީސީސީ

މި މަޝްރޫޢުގެ ދަށުން 10.6 ހެކްޓަރުގެ ބިން ހިއްކުމުގެ އިތުރުން، 1521 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމަށް ހަމަޖެހިފައިވެ އެވެ. އަދި 555 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުމާއި، 166 މީޓަރުގެ ޝީޓް ޕައިލް މަސައްކަތާއި، 4492 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހަދާ، ބޮލާރޑާއި، ފެންޑަރާއި ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

މި މަޝްރޫޢަށް ގާތްގަނޑަކަށް 125 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ސަރުކާރުން ގަބޫލުކުރައްވަ އެވެ. ތިނަދޫއަށް އިތުރުކުރެވޭ ބިން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަނީ، އެރަށު އިރުމަތީ ފަރާތުން ތިލަކޮށް އޮތް ސަރަހައްދުންނެވެ. 

ގދ.ތިނަދޫގެ އިންޑަސްޓްރިއަލް ޒޯންގެ ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން-- ފޮޓޯ: އެމްޓީސީސީ

ސިނާޢީ މަސައްކަތްތަކަށް ޚާއްސަ ސަރަޙައްދެއް ތިނަދޫގައި ތަރައްޤީކުރެވިގެންދިއުމަކީ އެ ރަށުގެ އިޤްތިޞާދީ ކުރިއެރުމާއި ގުޅިފައިވާ މުހިއްމު މަޝްރޫޢެއްކަމަށް ސަރުކާރުން ގަބޫލު ކުރައްވަ އެވެ. މި މަޝްރޫއަކީ އެ ރަށަށް ބޮޑެތި އިންވެސްޓްމަންޓްތައް ގެނައުމަށް ހުޅުވިގެންދާނެ ދޮރެކެވެ.


ކިޔުންތެރިންގެ ހިޔާލު