ENGLISH
07 ޖެނުއަރީ 2026
ޔަމަނުގައި ހަމަޖެހުން ގާއިމުކުރުމުގެ މަޝްވަރާއަށް ރާއްޖެއިން މަރުހަބާ ކިޔައިފި
04 ޖެނުއަރީ 2026
|
ދިވެހި ހާރިޖިއްޔާގެ މައި އިދާރާ
ޔަމަނުގައި ހަމަޖެހުން ގާއިމުކުރުމުގެ މަޝްވަރާއަށް ރާއްޖެއިން މަރުހަބާ ކިޔައިފިއެވެ.
ޔަމަނުގެ ހާލަތާ ގުޅިގެން ދިވެހި ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޔަމަނުގައި ހިނގަމުންދާ ކަންތައްތައް ރާއްޖެއިން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.
ޔަމަނުގެ މައްސަލައަށް ޙައްލެއް ހޯދުމަށްޓަކައި، މަޝްވަރާގެ މޭޒަށް އައުމަށް އެ ޤައުމުގެ ރިޔާސީ ކައުންސިލް (ޕްރެޒިޑެންޝަލް ލީޑަރޝިޕް ކައުންސިލް) އިން ގޮވާލި ގޮވާލުމަށް ދިވެހި ސަރުކާރުން ވަނީ މަރުޙަބާ ކިޔާފައެވެ. މީގެ އިތުރުން، ޔަމަނުގެ މައްސަލައިގައި މަޝްވަރާ ކުރުމަށް ސައުދީ އަރަބިއްޔާގެ ރިޔާޟްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮންފަރެންސަށް ވެސް ރާއްޖެއިން ވަނީ ފުރިހަމައަށް ތާއީދުކޮށްފައެވެ.
ދެހާސް އެގާރަ ވަނަ އަހަރު ފެށުނު އިހުތިޖާޖުތަކާ ގުޅިގެން މަސްރަހު ހޫނުވެ، 2014 ވަނަ އަހަރު ހޫތީ ހަނގުރާމަވެރިން ވެރިރަށް ސަންޢާ ހިފުމާ ގުޅިގެން ޔަމަން ވަނީ ދާހިލީ ހަމގުރާމައިގެ ތެރެއަށް ވެއްޓިފައެވެ.
ޔަމަނުގެ މަސްރަހު އިތުރަށް ގޯސްވީ ސައުދީ އަރަބިއްޔާއާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އިއްތިހާދުން ހަނގުރާމައިގެ ތެރެއަށް ވަނުމުންކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
މި މަހުގެ 2 ވަނަ ދުވަހު ވެސް ޔަމަނާއި ސައުދީ ގުޅޭ ބޯޑަރު ކައިރީގައި ހިނގި ހަމަނުޖެހުންތަކެއްގައި ހަތް މީހަކު މަރުވެ 20 މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ.
ހަމަނުޖެހުންތަކުގެ ސަބަބުން މުޅި ޔަމަނަށް ވަނީ ބަނޑުހައިހޫނުކަން އާއްމުވެފައެވެ. އަދި މިހާރުވެސް ކޮލެރާ ބަލީގެ ކާރިސާއެއް އެގައުމުގައި ދަނީ ފެތުރެމުންނެވެ.