ENGLISH

07 ޖެނުއަރީ 2026

Advertisement

ޖުލައި މަހުގެ ކުރިން، އަލަށް ހަދާ 55 ކައުންސިލުން ޚިދުމަތް ދޭން ފެށޭނެ: ވަޒީރު އާދަމް ޝަރީފު

04 ޖެނުއަރީ 2026

|

އާމިނަތު ނުޒްލާ

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވަޒީރު އާދަމް ޝަރީފު އުމަރު ވާހަކަ ދައްކަވަނީ. --ފޮޓޯ:ޕީއެސްއެމް

ކައުންސިލްތަކުގެ އިމާރާތްތައް ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމަށް ކުރަމުން އަންނަ މަޝްރޫއުގެ ދަށުން އަންނަ ޖުލައި މަހުގެ ކުރިން 55 ކައުންސިލްގެ މަސައްކަތް ނިންމައި ހިދުމަތް ދޭން ފެށޭނެ ކަމަށް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާއިން ގެނެސްދޭ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ކޮންޓްރެކްޓަރ ފައިނޭންސިންގެ އުސޫލުން އާރުސީސީއާ ހަވާލުކޮށްގެން ތަރައްޤީކުރަމުން އަންނަ 55 ކައުންސިލްގެ މަޝްރޫއު ލަސްެވެގެން ޖުލައި މަސް އަންނައިރަށް ނިމި ތަޅުދަނޑި ހަވާލުކުރެވޭނެ ކަމަށާއި، އަދި އެހާ ތަނަށް އެ ތަންތަނުން ރައްޔިތުންނަށް ހިދުމަތް ލިބޭނެ ކަމަށެވެ.

"މިހާރު އަޅުގަނޑުމެން އިމާރާތްކުރާ 55 ކައުންސިލް ޕްރޮޖެކްޓް ނުވަތަ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން މިހިންގާ ޕްރޮޖެކްޓްތަކަކީ ޓާރން ކީ ޕްރޮޖެކްޓްތަކެއް.. އޭގެ މާނައަކީ އެތަންތަން އަޅުގަނޑުމެން ލަސްވެގެން ޖުލައިމަސް އަންނަ އިރު ނިމިގެންދާއިރު ހަމަ ތަޅުދަނޑި ދިނީމަ ހުޅުވާލާފަ ހިދުމަތް ފެށޭނެ،" ވަޒީރު ވިދާޅުވިއެވެ.

މިސަރުކާރުން ތަރައްޤީކުރަމުން އަންނަ ކައުންސިލް އިދާރާތަކުގައި، 40 މުވައްޒަފުންނަށް އެެއްފަހަރާ މަސައްކަތް ކުރެވޭނެ ޖާގަ ހުންނާނެ ކަމަށާއި، ކޮންމެ ކައުންސިލަރަކަށް ވަކި ކޮޓަރި ގާއިމްކުރެވިފައި ހުންނާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ. މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (ޑަބްލިއުޑީސީ) ގެ މެންބަރުންނަށް މަސައްކަތް ކުރެވޭނެ ޖާގައިގެ އިތުރުން ، ރައްޔިތުންނާއި ބައްދަލުމުކުރަން ޓައުންހޯލް އިންތިޒާމު ކުރެވޭނެ ގޮތަށް ފަރުމާކުރެވިފައިވާ ކަން ވެސް ވަޒީރު ފާހަގަކުރެއްވި އެވެ. 

ލާމަރުކަޒީ ނިޒާމު ބާރުވެރިކުރުމަށް ރައީސް ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ރައްޔިތުންނަށް ގާތުން ހިދުމަތް ފޯރުކޮށްދިނުމަކީ މިސަރުކާރުގެ ސިޔާސަތެއް ކަމަށެވެ. އަދި އަލަށް އިމާާރާތްކުރެވޭ ކައުންސިލް އިދާރާތަކުގައި، ޕާސްޕޯޓް އަދި އައިޑީކާޑް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އިންތިޒާމު ހަމަޖެއްސުމަށް ބޭނުންވާ ޖާގަ ހުންނާނެކަމަށް ވަޒީރު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ތެރޭގައި ކުރެވުނު އެންމެ ކާމިޔާބު މަސައްކަތްތަކުގެ ތެރޭގައި ކައުންސިލްތައް އިމާރާތް ކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް ގެންދެވުނުކަން ވަޒީރު ފާހަގަކުރެއްވި އެވެ. އަދި 19 ކައުންސިލް އިމާރާތެއް ސަރުކާރުގެ އެހީގައި، ޕީއެސްއައިޕީ ޕްރޮޖެކްޓްގެ ދަށުން ކުރިއަށްދާ ކަމާށާއި، މީގެ އިތުރުން 50 ކައުންސިލް އިދާރާއެއް ޗައިނާ ސަރުކާރުގެ އެހީގައި އެޅުމަށް ފީޒިބިލިޓީ މަސައްކަތް ނިމި އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުން ރަނގަޅު ގުޅުމެއް ކައުންސިލްތަކާ ބޭއްވުމަށް އަބަދުވެސް މަސައްކަތް ކުރި ކަމަށާއި، އަދި ވަރަށް ކާމިޔާބުކަމާއެކު އެކަންވެސް ކުރެވިފައިވާ ކަމަށެވެ. 

އަލަށް އިންތިހާބު ކުރެވޭ ކައުންސިލާއި ޑަބްލިއުޑީސީއަށް، އާ ކައުންސިލް އިދާރާތަކުގަ މަސައްކަތްކުރުމުގެ ފުރުސަތު ލިބުމަކީ ޖޯޝާ ފޯރީގަ ރައްޔިތުންނަށް ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށް ދިނުމަށް މަގުފަހިވެގެންދާނެ ކަމައްގެ ގޮތުގައި ވަޒީރު ވަނީ ސިފަ ކުރެއްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު