ENGLISH

21 މާރިޗު 2026

Advertisement

ތާރީޚީ ރެކޯޑެއް؛ ކޮންގްރެސްގެ މެންބަރުންގެ އަދަދު 74،000 އިން މައްޗަށް

03 ޖެނުއަރީ 2026

|

އަޙުމަދު ޙަމީދު

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން --

ސަރުކާރު ހިންގާ މައި ޕާޓީ -- ކޮންގްރެސް ޕާޓީގެ މެންބަރުންގެ އަދަދު 74،000 ވުރެ އިތުރުވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުން މިއަދު ވަނީ މިދިޔަ އަހަރުގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގައި ތިބި މެންބަރުންގެ އަދަދު އާންމުކޮށްފަ އެވެ. މިވަގުތު ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ނުވަ ޕާޓީއެއް އެބަ އޮތެވެ.

އެންމެ މެންބަރުން ގިނައީ ކޮންގްރެސް ޕާޓީގަ އެވެ. އެ ޕާޓީގައި 74،048 މެންބަރުންނެވެ. އެ އަދަދާ ގާތްކުރާ މިންވަރަށް ވެސް އެހެން ޕާޓީއެއްގައި މެންބަރުންނެތެވެ.

* ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ: 43,784

* ޢަދާލަތު ޕާޓީ: 8,267

* ޖުމްހޫރީ ޕާޓީ: 12,343

* މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް: 9,686

* މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ:  1,710

* ޕީޕަލްސް ނެޝަނަލް ކޮންގްރެސް: 74,048

* މޯލްޑިވްސް ނެޝަނަލް ޕާޓީ: 5,133

* ދަ ޑިމޮކްރެޓްސް: 2,952

* ޕީޕަލްސް ނޭޝަނަލް ފްރަންޓް: 3,012

ކޮންގްރެސް ޕާޓީގެ ޒަޢާމަތާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަވާލުވެވަޑައިގެންނެވި އެ ޕާޓީގައި ތިބީ 3،000 މެންބަރުންނެވެ. ނަމަވެސް ދޮޅު އަހަރުތެރޭ މެންބަރުންގެ އަދަދު މި ވަނީ 75،000އާ ގާތަށް ގެންދަވާފަ އެވެ. މިއީ ދުވަހަކު ވެސް ސިޔާސީ ޕާޓީއެއްގައި މެންބަރުން ހިމެނުނު އަދަދެއް ނޫނެވެ.

އެހެން ކަމުން ކޮންގްރެސް ޕާޓީން ވަނީ ސިޔާސީ ތާރީހުން ޖާގަ ހޯދާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު