ENGLISH

07 ޖެނުއަރީ 2026

Advertisement

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ބިދޭސީއަކު ހައްޔަރުކޮށްފި

03 ޖެނުއަރީ 2026

|

އާމިނަތު ނުޒްލާ

މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ފޮޓޯ: ޕޮލިސް

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ފޭސް 1 އިން ބިދޭސީއަކު ހައްޔަރުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.

ފުލުހުން ބުނީ، މި މީހާ ހައްޔަރުކޮށްފައި ވަނީ ޖަނަވަރީ 1 ވަނަ ދުވަހު ފުުލުހުން ޕެޓްރޯލްކުރަމުން ދިޔައިރު ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރުމުގެ ތެރެއިން ކަމަށެވެ. އަދި އެ މީހާ ހުއްޓުވައި ސުވާލުކޮށް، އޭނާ އެ ވަގުތު ގެންގުޅުނު ފޮށި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓުތަކެއް ފެނިފައިވާކަމަށާއި، އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 94.34 ގުރާމް ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހޮސައިން ސަޒާދް، ބަންގްލަދޭޝް (25އ) އެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް އެ ހިދުމަތުން ވަނީ ބުނެފަ އެވެ.

މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށް، އެ ހިދުމަތުން ވަނީ ބުނެފަ އެވެ.

ދިވެހި މުޖުތަމައީ އަމާން ރައްކާތެރި މުޖުތަމައަކަށް ހެދުމަށް، ފުލުހުންގެ އިދާރައިން އަންނަނީ ތަފާތު ގިނަ މަސައްކަތްތައް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު