ENGLISH
07 ޖެނުއަރީ 2026
އެޕްޑީސީ ފްލެޓްތަކުގެ ފެނާ ނަރުދާމާގެ މަސައްކަތް ނިންމާލާއިފި
03 ޖެނުއަރީ 2026
|
ެއެމްޑަބްލިއުއެސްސީއިން، އެފްޑީސީ ފްލެޓްގައި ގާއިމްކޮށްފައިވާ ފެނުގެ ސިސްޓަމް--ފޮޓޯ:އެމްޑަބްލިއުއެސްސީ
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ 4000 ފްލެޓުގެ ހުރިހާ ޓަވަރެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފައިވާ ކަމަށް މޯލްޑިވްސް ވޯޓަރ އެންޑް ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އިން ބުނެފި އެވެ.
އެމްޑަބްލިއުއެއްސީ އިން އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އަމާން އުދަރެސް އަދި އަމާން ހިޔާގެ ހުރިހާ ޓަވަރެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމުކުރުމާއި ޓެސްޓް ކުރުމާއި ކޮމިޝަން ކުރުމުގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ހުރިހާ ފްލެޓަކަށް ފެން ފޯރުކޮށްދިނުމަށް ވޯޓަރ ބޫސްޓިން ސިސްޓަމްތައް ގާއިމުކޮށް ނިމިފައިވާ ކަމަށްވެސް ވަނީ ބުނެފަ އެވެ.
ފަހި ދިރިއުޅުން ކޯޕްރޭޝަން ފްލެޓްތައް، އޭގެ ވެރިފަރާތްތަކަށް ދިނުން ލަސްވީ އެ ފުލެޓުތަކުގެ އިމާރާތްކުރުމުގެ އެއްބަސްވުމުގައި ފެނާއި ނަރުދަމާއާއި ކަރަންޓު ގުޅުން ހިމަނާފަައިނުވާތީ ކަމަށް ހައުސިން މިނިސްޓަރ ޑރ.އަބްދުﷲ މުއްތަލިބު ވަނީ ވިދާޅުވެފަ އެވެ. އަދި ފެނާ ނަރުދަމާގެ މަސައްކަތް ނިންމުމަށްފަހު، އަންނަ ޖަނަވަރީ މަހުގައި ފެލެޓްތަކުގް ވެރި ފަރާތްތަކަށް ތަޅުދަނޑި ހަވާލުކުރެވޭނެ ކަމުގައިވެސް ވަޒީރު ވަނީ ވިދާޅުވެފަ އެވެ. އެފްޑީސީން މިހާރު އަންނަނީ ފްލެޓްތަކުގެ ވެރިފަރާތްތަކާ ތަނޅުދަނޑި ހަވާލުކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އެފްޑީސީ ފްލެޓްތަކުގެ ނިމިފައި އޮތީ އެންމެ 32 އިންސައްތަ ކަމަށާއި، ފާއިތުވި ދެ އަހަރު ތެރޭގައި ސަރުކާރުން ކުރި މަސައްކަތުން ބާކީ ހުރި 68 އިންސައްތަ މަސައްކަތް ނިންމުމާއެކު، އެތަންތަނަށް ކަރަންޓާއި ފެނާއި ނަރުދަމާ ގުޅައި، ލޭންޑްސްކޭޕިން މަސައްކަތް ކުރަމުން އަންނަކަމަށް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.
މި މަޝްރޫއުގެ ދަށުން އަޅާފައިވަނީ ތިން ކޮޓަރީގެ 2،800 ފުލެޓާއި ދެ ކޮޓަރީގެ 1،200 ފުލެޓެވެ.