ENGLISH

02 ޖެނުއަރީ 2026

Advertisement

ޙައްޖު ކޯޕަރޭޝަންގެ އައު ވެބްސައިޓް ލޯންޗު ކޮށްފި

02 ޖެނުއަރީ 2026

|

އަޙުމަދު ޙަމީދު

ޙައްޖު ކޯޕަރޭޝަންގެ އައު ވެބްސައިޓް ލޯންޗުކޮށްފި އެވެ.

އާންމުންނަށް ކޯޕަރޭޝަންގެ ޚިދުމަތްތައް ލުއިފަސޭހަކޮށް ފޯރުކޮށްދެވޭގޮތަށް ފަރުމާކޮށްފައިވާ އައު ވެބްސައިޓުން އޮންލައިންކޮށް ޚިދުމަތްތައް ލިބިގެންދާނެ އެވެ. މި ގޮތުން ވެބްސައިޓުގައިވާ ފަހެލި ޕޯޓަލް މެދުވެރިކޮށް ޚިދުމަތްތަކަށް ރަޖިސްޓަވުމާއި އޮންލައިންކޮށް ފައިސާ ދެއްކުމާއި، ފައިސާ ދެއްކިފައިވާ މިންވަރު ބަލައިލެވޭނެ އެވެ. މީގެ އިތުރުން ޙައްޖު އުމްރާއާއި ގުޅޭ ގިނަ މައުލޫމާތުތަކެއް މި ސައިޓުން ލިބިގެންދާނެ އެވެ.

މިީގެ ކުރިން ޙައްޖު ކޯޕަރޭޝަނުން ބޭނުންކުރީ އެމްއެޗްސީއެލް.އެމްވީ ނަމަވެސް އައު ވެބްސައިޓަށް ވަނުމަށް ބޭނުންކުރާނީ ޙައްޖު.އެމްވީ އެވެ.

މި ވެބްސައިޓުން ޢުމްރާ އަދި އެހެނިހެން ޕެކޭޖް، އެނައުންސްމަނަޓްތަކުގެ އިތުރުން ޙައްޖު ކޯޕަރޭޝަންގެ އިވެންޓްތަކާ ބެހޭ އެންމެ ފަހުގެ އަދާހަމަ އަދި ފޮޓޯ ޝާއިރު ކުރެވިގެން ދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

ޙައްޖު ކޯޕަރޭޝަނުން އަންނަނީ ކުންފުނީގެ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު