ENGLISH

02 ޖެނުއަރީ 2026

Advertisement

ސަފާރީއެއްގައި ހުއްދަ ނުނަގައި ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ބަޔަކު ހައްޔަރުކޮށްފި

02 ޖެނުއަރީ 2026

|

އަޙުމަދު ޙަމީދު

ސަފާރީއެއްގައި ހުއްދަ ނުނަގައި ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ބަޔަކު ހައްޔަރުކުރުން --

މާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ހުއްދަ ނުނަގައި، ގަވާއިދާ ހިލާފަށް ބަނގުރަލުގެ ވިޔަފާރި ކުރަމުންދިޔަ ބަޔަކު ހައްޔަރު ކޮށްފި އެވެ. އެ މީހުން ހައްޔަރު ކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގަ އެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ.

ޑިސެމްބަރު 31 ވަަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން އެ ސަފާރީ ބަލައިފާސްކުރިއިރު 102 ފުޅި ބަނގުރާ އަދި 218 ދަޅު ބަނގުރާ ފެނިފައިވެ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެމްޑީ ޝޭކަރު ހޮސައިން، އިންޑިއާ (34އ) އާއި ރަސެލް މިއާ، ބަންގްލަދޭޝް (35އ) އާއި ޕުބުދު އަސެލަ ބަންދަރަ ދޮލޮސްބަ ގެދަރަ، ސްރީލަންކާ (27އ) އާއި ތަރަކަ ސަމަން ކުމާރަ ދޭވަ، ސްރީލަންކާ (35އ) އަދި ހ. ބިންމަތީއާގެ / މާލެ، މުޙައްމަދު މަނިކު (52އ) އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝޭކަރު ހޮސައިން(34އ) އާއި ރަސެލް މިއާ (35އ) ފަސްދުވަހަށް، ޕުބުދު އަސެލަ ބަންދަރަ ދޮލޮސްބަ ގެދަރަ (27އ) އާއި ތަރަކާ ސަމަން ކުމާރަ ދޭވަ (35އ) ހަތްދުވަހަށް އަދި މުޙައްމަދު މަނިކު (52އ) ތިން ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު