ENGLISH

02 ޖެނުއަރީ 2026

Advertisement

ރަސްމާލެ ހިއްކުން ހަލުއިކޮށް، އަންނަ އޭޕްރީލު މަހުގެ ނިޔަލަށް ބިން ހިއްކައި ނިންމަނީ

02 ޖެނުއަރީ 2026

|

ޝިފްޒާން އަޙްމަދު

ރަސްމާލޭ ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން

ރަސްމާލެއަކީ މާލޭ ސަރަހައްދަށް ކުރިމަތިވެފައިވާ އޮތް އެންމެ ބޮޑު އިޖުތިމާއީ އިގުތިސާދީ މައްސަލަ ކަމުގައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ހިންގޭ ބޮޑު މަޝްރޫއެވެ. އެ މަޝްރޫއުގެ ދަށުން ފުށިދިއްގަރު ފަޅުގައި 1،009 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކަންވަނީ ހަމަޖެހިފައެވެ. 

މި މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ކުރިއަށްގެންދަނީ އެކި ކުންފުނިތަކާ ހަވާލުކޮށްގެން އެކި ބައިތައް ވަކިވަކިން ހިއްކާ ގޮތަށެވެ. މަޝްރޫއު މަޑުޖެހުމަށް މެދުވެރިވި ސަބަަބުތައް ނައްތާލައި ސަރުކާރުން އަންނަނީ ބިން ހިއްކުމުގެ މަސައްކަަތް ހަލުއި ދިވެލީގައި ކުރިއަށްގެންގޮސް ނިންމައިލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 

މަޝްރޫއުގެ ދުވެލި ހަލުއިކުރުމަށް ކުރިން ބޭނުންކުރަމުން އައި ޑްރެޖަރުތަކުގެ އިތުރަށް ދުނިޔޭގެ އެންމެ ބޮޑު ހޮޕަރ ޑްރެޖަރު ކަމުގައިވާ "ކްރިސްޓޮބަލް ކޮލޮން" ގެނެސް މިހާރު އެ ޑްރެޖަރު ބޭނުންކޮށްގެން ބިން ހިއްކުމުގެ މަސައްކަަތް އަންނަނީ ހަލުއިކަމާއެކު ކުރިއަށްގެންދަމުންނެވެ. 

ނަތީޖާއަކީ ރަސްމާލެ 12 ސަރަހައްދަކަށް ބަހާލައިގެން ހިއްކުމަށް ކުރަމުންދާ މަސައްކަތް ވަރަށް ބޮޑަށް ހަލުއިކުރެވި ކުރު މުއްދަތެއްގެ ތެރޭގައި ބޮޑު ސަރަހައްދެއް ހިއްކަައި ނިންމމެކެވެ. އެގޮތުން ރަސްމާލޭގެ ސައިޓް އޭގެ ހިއްކުން ޑިސެންބަރު މަހު ފެށިއިރު މިހާތަނަށް އެ ސަރަހައްދުން ހިއްކަންޖެހޭ ބިމުގެ 35.63 އިންސައްތަ ކަމުގައިވާ 49 ހެކްޓަރުގެ ބިންވަނީ ހިއްކައި ނިންމާފައެވެ. 

މިއާއެކު މިހާތަނަށް ރަސްމާލޭ ސަރަހައްދުުން ހިއްކާ ބިމުގެ ތެރެއިން 215 ހެކްޓަރުގެ ބޮޑު ބިމެއްވަނީ ހިއްކަައި ނިމިފައެވެ. ސަރުކާރުގެ އަމާޒަަކީ އަންނަ އޭޕްރީލް މަހުގައި ހިއްކަން ނިންމާފަައިވާ ހުރިހާ ސަރަހައްދެއް ހިއްކައި ނިންމުމެވެ. 

ހޯމަދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވީ މާޗު މަސް ނިމި އޭޕްރީލް މަހުގައި ހުރިހާ ސަރަހައްދެއް ހިއްކަައި، ޖުމްލަ 1009 ހެކްޓަރުގެ ބިން އެއްކޮށް ހިއްކަައި ނިންމައިލެވޭނެ ކަމަށެވެ. 

ރަސްމާލޭ މަޝްރޫއުގެ ތެރެއިން 65،000 އަށްވުރެ ގިނަ ގެދޮރުގެ ފުރުސަތު ފަހިކުރެވޭނެ ކަމުގައި ސަރުކާރުން ބުނެއެވެ. އެ ސަރަހައްދުން 25،000 ގޯތި ދޫކުރަން ހަމަޖެހިފައިވާއިރު، ހިނގަމުންދާ ޖަނަވަރީ މަހުގައި، ފުރަތަމަ ދޫކުރާ 15،000 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލާނެއެވެ. 

ރަސްމާލެ ތަރައްގީކުރަނީ ޒީރޯ ކާބަން ސިޓީއެއްގެ ގޮތުގައި ތިމާވެއްޓާ ރަހުމަތްތެރި، އައު އީޖާދީ ވިސްނުންތަކަށް ވަރަށް ބޮޑަށް ފުރުސަތު އޮންނަ، 21 ވަނަ ގަރުނުގެ ތަރައްގީއާއި ކުރިއެރުން އެތަނުން ފެންނާނެ ގޮތަށެވެ. 

ކިޔުންތެރިންގެ ހިޔާލު