ENGLISH

02 ޖެނުއަރީ 2026

Advertisement

ފާއިތުވި އަހަރުގެ މުހިންމު ޚަބަރުތައް ހިމެނޭ “ނިމުނު 52 ހަފުތާ 2025" ފޮތް ނެރެފި

02 ޖެނުއަރީ 2026

|

އައިޝަތު ޝާލީން

“ނިމުނު 52 ހަފުތާ 2025" ފޮތް ނެރުމުގެ ރަސްމިއްޔާތު

ފާއިތުވި އަހަރުގެ މުހިންމު ޚަބަރުތައް އެއް ފޮތެއްގައި ހިމެނޭހެން، ޕީއެސްއެމް ނިއުސްއިން "ނިމުނު 52 ހަފުތާ 2025" ނެރެފިއެވެ.

ޓީވީ ބިލްޑިންގގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ފޮތް ނެރެދެއްވާފައިވަނީ ދިވެހިބަހާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމްއެވެ. 

"ނިމުނު 52 ހަފުތާ 2025" އަކީ އަހަރުގެ 52 ހަފުތާގެ ތެރޭގައި ހިނގައިދިޔަ މުހިންމު ކަންކަމުގެ ޚަބަރާއި މައުލޫމާތު ހިމެނޭ ފޮތެކެވެ. މިއީ ކިޔަވާކުދިންނާއި، ނޫސްވެރިންނާއި ދިރާސާކުރާ ފަރާތްތަކަށް އެއްފޮތަކުން މުހިންމު މައުލޫމާތުތައް ފޯރުކޮށްދިނުމުގެ މަގުސަދުގައި ޝާޢިއިކޮށްފައިވާ ފޮތެކެވެ. 

އަހަރުގެ ކާމިޔާބީތަކާއި ގޮންޖެހުންތައް މި ފޮތުގައި ހިމެނޭއިރު، މިއީ ކުރިއަށްއޮތް ތަނުގައި ކަންކަން ޕްލޭން ކުރުމަށް މުހިންމު ފޮތަކަށް ވާނެ ކަމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާބެހޭ ވުޒާރާއިން ބުނެފައިވެއެވެ. 

މި ފޮތް އެކުލަވާލުމުގެ މުހިންމު މަސައްކަތްތަކެއް ޕީއެސްއެމް ނިއުސްގެ މުވައްޒަފުން ކޮށްފައިވެއެވެ. މިގޮތުން ނޫސްވެރިންނާއި، އެޑިޓަރުންނާއި، ޑިޒައިނަރަނުންނާއި، ފޮޓޯގްރަފަރުންގެ އިތުރުން އެހެނިހެން މުވައްޒަފުން ބައިވެރިވެފައިވެއެވެ. 

މިއީ ރާއްޖޭގެ ތާރީޚުގައި މިފަދަ ފޮތެއް ނެރެވޭ ފުރަތަމަ ފަހަރަށް ވުން ގާތްކަމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާބެހޭ ވުޒާރާއިން ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު