ENGLISH

02 ޖެނުއަރީ 2026

Advertisement

ދ.މީދޫގައި އެމްއައިބީ އޭޓީއެމް ގާއިމްކޮށްފި

02 ޖެނުއަރީ 2026

|

އާމިނަތު ނުޒްލާ

ދ.މީދޫގައި އެމްއައިބީގެ އޭޓީއެމް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ:އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާ

ދ.މީދޫގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އޭޓީއެމްގެ ހިދުމަތްދޭން ފަށައިފި އެވެ.

އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި ގުޅިގެން ދ. މީދޫގައި އޭޓީއެމްގެ ޚިދުމަތްތައް އިފްތިތާޙްކޮށްފައިވަނީ މިދިޔަ ހަފްތާގަ އެވެ.

ދ.މީދޫގައި އެމްއައިބީގެ އޭޓީއެމް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ:އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާ

މި ރަސްމިޔާތު އިފްތިތާޙް ކޮށްދެއްވީ އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު އެވެ. 

ސަރުކާރުން ކަނޑައަޅާފައިވާ  އެންމެ މުހިއްމު އެއް ސިޔާސަތަކީ، މާލީ މުހިންމު ހުރިހާ ޚިދްމަތްތަކެއް އެއްތަނަކުން ލިބޭނެފަދަ އިންތިޒާމެއް، ރާއްޖޭގެ މީހުންދިރިއުޅޭ ކޮންމެ ރަށެއްގައި ޤާއިމުކުރުމުވެ. 

ދ.މީދޫގައި އެމްއައިބީގެ އޭޓީއެމް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ:އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާ

ދިވެހިރާއްޖޭގެ ހުރިހާ އަތޮޅެއްގައި އޭޓީއެމް ބަހައްޓައި އޭޓީއެމްގެ ޚިދްމަތްތައް ފޯރުކޮށްދިނުމަށްޓަކައި ޢިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިޔާ ބެހޭ ވުޒާރާ އާއި މޯލްޑިވްސް އިސްލާމިކް ބޭންކާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރެވުނީ 7 ނޮވެންބަރު 2024 ގަ އެވެ. މި އެއްބަސްވުމާއެކު 23 އޭޓީއެމެއް 19 ރަށެއްގައި ބަހައްޓުމަށް ހަމަޖެހިފައިވާކަމަށް އެ ވުޒާރާއިން ވަނީ ބުނެފަ އެވެ.

ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް ގާއިމްކޮށްފަ އެވެ. ސަރުކާރާއި ބީއެމްއެލް ގުޅިގެން މަޝްރޫއު ފަށައި ނުވަ މަސް ދުވަހުން 20 އަތޮޅެއްގެ 105 ރަށެއްގައި އޭޓީއެމް ބަހައްޓައި ނިންމާފައިވެ އެވެ. 

ކިޔުންތެރިންގެ ހިޔާލު