ENGLISH
02 ޖެނުއަރީ 2026
އުކުޅަހު ސިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފި
02 ޖެނުއަރީ 2026
|
އުކުޅަހު ސިއްޙީ މަރުކަޒުގައި ލެބޯޓްރީ ހިދުމަތް ފެށުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން--ސިއްޙީ ވުޒާރާ
އއ.އުކުޅަހު ސިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ފަށައިފި އެވެ.
އުކުޅަހު ޞިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް އެރަށުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޘިމް އިބްރާހިމް އެވެ.
އުކުޅަހު ސިއްޙީ މަރުކަޒުގައި ލެބޯޓްރީ ހިދުމަތް ފެށުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން--ސިއްޙީ ވުޒާރާ
އުކުޅަހު ސިއްހީ މަރުކަޒުގައި ލެބޯޓަރީ ހިދުމަތް ރަސްމީކޮށް ފައްޓަވާ ދެއްވުމަށްފަހު، ވަޒީރު ވަނީ އެ ސެންޓަރު ބައްލަވާލައްވާ، އެ ސެންޓަރުގެ މުވައްޒަފުންނާއި ބައްދަލުކުރައްވާފަ އެވެ.
މިދަތުރުފުޅުގައި ލެބޯޓްރްރީ ހިދުމަތް ފައްޓަވާދެއްވުމަށްފަހު، ވަޒީރު ވަނީ އެރަށުގައި އަލަށް އިމާރާތްކުރާ ހެލްތު ސެންޓަރގެ މަސައްކަތް ކުރިއަށްދާގޮތްވެސް ބައްލަވައިލައްވާފަ އެވެ.
އުކުޅަހުގައި އަލަށް ގާއިމްކުރެވޭ ހެލްތް ސެންޓަރުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުން--ސިއްޙީ ވުޒާރާ
އެމްއެމްޓީވީގެ ނިއުޅެމުންދާ ހަބަރު ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ 76 ރަށުގައި ފުލް ލެބޯޓްރީ ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ އެރަށެއްގެ އާބާދީއާ އެކަށޭނެ ވަރަށް ކަމަށެވެ. އަދި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ލެބޯޓްރީގެ ޚިދުމަތް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްކަމަށާއި، އެ އަމާޒަށް ވާސިލްވުމަށް ގިނަ ރަށްތަކެއްގައި އެއްފަހަރާ އަންނަނީ އެ މަޝްރޫޢު ހިންގަމުންކަން ފާހަގަކުރެއްވި އެވެ.