ENGLISH
01 ޖެނުއަރީ 2026
ޚުޠުބާގެ މައުޟޫޢުތަކާމެދު ރައްޔިތުންގެ ޚިޔާލު ދެވޭނެ ގޮތް ހަދައިފި
01 ޖެނުއަރީ 2026
|
ހުކުރު ޚުޠުބާ ލިޔާ މައުޟޫޢުތަކާމެދު ރައްޔިތުންގެ ޚިޔާލު ހޯދަން ބޭނުންވާ ކަމަށާ އެކަމުގައި ރައްޔިތުންނަށް ޚިޔާލު ދެވޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން މިއަދު ބުނީ ހުކުރު ޚުޠުބާ ލިޔާ މައުޟޫޢުތަކާމެދު ރައްޔިތުންގެ ޚިޔާލު ހޯދަން ބޭނުންވާ ކަމަށެވެ. އެހެން ކަމުން މި އަހަރުގައި ޚުޠުބާ ލިޔުމަށް އާންމު ރައްޔިތުން މައުޟޫޢު ހުށަހެޅުއްވުމަށް ހުޅުވައިލާ ކަމަށެވެ.
2026 ވަނަ އަހަރުގައި އަޑު އަހަން ބޭނުންވާ މައުޟޫޢުތައް އެ ވުޒާރާއިން ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓަށް ކޮމެންޓްގެ ގޮތުގައި ހުށައެޅުމަށް ވަނީ އެދިފަ އެވެ.
މިހާރުވެސް ވަރަށް ގިނަ ބަޔަކު އެކި މައުޟޫޢުތައް ހިމަނާ ޕޯސްޓް ކޮށްފަ އެވެ. އަދި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން އެެފަދަ ފުރުސަތެއް ތަނަވަސް ކޮށްދިނުން ގިނަ ބަޔަކު ފާހަގަކޮށްފައިވެ އެވެ.