ENGLISH

01 ޖެނުއަރީ 2026

Advertisement

ރާއްޖޭގެ ހުރިހާ އެއާޕޯޓެއްގައި ރޭގަނޑު ފްލައިޓް ޖެއްސޭނެ؛ވަޒީރު އަމީން

01 ޖެނުއަރީ 2026

|

އާމިނަތު ނުޒްލާ

ށ.ފުނަދޫގައި ރޭގަނޑު ޓެސްޓް ފްލައިޓް ޖެއްސުން--ފޮޓޯ: އެމްއޭސީއެލް

ދިވެހިރާއްޖޭގެ ހުރިހާ އެއާޕޯޓެއްގައި މިހާރު ރޭގަނޑު ފްލައިޓް ޖެއްސުމުގެ އިންތިޒާމުތައް ގާއިމުވެފައިވާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު، މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަމީން ވިދާޅުވީ ރެއިން ފެށިގެން ރާއްޖޭގެ ހުރިހާ އެއާޕޯޓެއްގައި ނައިޓް ލޭންޑިން ފެސިލިޓީ ގާއިމްކޮށްފައިވާ ކަމަށާއި އެގޮތުން ށ. ފުނަދޫ އެއާޕޯޓަކީ އެ ޚިދުމަތް ގާއިމުކުރި އެންމެ ފަހު އެއާޕޯޓު ކަމަށެވެ. ފުނަދޫ އެއާޕޯޓްއަށް ޓެސްޓް ފްލައިޓް ޖެއްސީ އިއްޔެ އިރުއޮއްސި 7:30 ގަ އެވެ.

އިއްޔެގެ ޓެސްޓް ފްލައިޓަށްފަހު މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ ފުނަދޫ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމުގެ ހުއްދަ ދީފަ އެވެ.

ހުރިހާ އެއާޕޯޓަކަށް ރޭގަނޑު ދަތުރުތައް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ މުހިންމު އަމާޒެއްކަން ވަޒީރު އަމީން ވަނީ ފާހަގަކުރައްވާފަ އެވެ.

ރާއްޖޭގައި މިވަގުތު ހިދުމަތް ދެމުން އަންނަނީ 18 އެއާޕޯޓަކުންނެވެ. މީގެ ތެރޭގައި ހިމެނެނީ ބައިނަލްއަގުވާމީ ފަސް އެއާޕޯޓެކެވެ.

ކިޔުންތެރިންގެ ހިޔާލު