ENGLISH

01 ޖެނުއަރީ 2026

Advertisement

އާރުޑީސީއިން ލ. އަތޮޅުގެ ރަށްތަކުގައި ހިންގާ މަޝްރޫއުތަކަށް ބޭނުންވާ ސާމާނު ފޮނުވަނީ

01 ޖެނުއަރީ 2026

|

އާމިނަތު ނުޒްލާ

އާރުޑީސީ އިން ލ. އަތޮޅުގައި ހިންގާ މަޝްރޫއުތަކަށް ބޭނުންވާ ސާމާނު ފޮނުވަނީ--ފޮޓޯ: އާރުޑީސީ

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ލ. ދަނބިދޫ، ލ. ހިތަދޫ، ލ. ކުނަހަންދޫ އަދި ލ. މާމެންދޫގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކަށް ބޭނުންވާ ސާމާނު ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.

ސަރުކާރުން ވަނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން އާރުޑީސީއާ ހަވާލުކޮށްފަ އެވެ.

އާރުޑީސީ އިން ލ.އަތޮޅުގައި ހިންގާ މަޝްރޫއުތަކަށް ބޭނުންވާ ސާމާނު ފޮނުވަނީ--ފޮޓޯ: އާރުޑީސީ

މި މަޝްރޫއުތަކުގެ ތެރޭގައި ލ. ދަނބިދޫ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމާއި، ލ. ހިތަދޫގައި ގާއިމްކުރާ ފުލުހުންގެ އިދާރާގެ މަސައްކަތް ހިމެނެ އެވެ. މި މަޝްރޫއުތައް އާރުޑީސީއާ ހަވާލުކޮށްފައިވަނީ، މިދިޔަ އަހަރުގެ އޮކްޓޫބަރ މަހު ރައީސުލް ޖުމްހޫރިއްޔާ އެރައްތަކަށް ކުރެއްވި ދަތުރުފުޅުގަ އެވެ.

އާރުޑީސީ އިން ލ. އަތޮޅުގައި ހިންގާ މަޝްރޫއުތަކަށް ބޭނުންވާ ސާމާނު ފޮނުވަނީ--ފޮޓޯ: އާރުޑީސީ

ފުލުހުންގެ މަރުކަޒުތައް އިމާރާތްކުރުމާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމްކުރާމުގެ އިތުރުން، ތަރައްޤީގެ އެކި ދާއިރާތަކުގެ ގިނަ މަޝްރޫޢޫތަކެއް އާރުޑީސީއިން އަންނަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު