ENGLISH
01 ޖެނުއަރީ 2026
ނިމާލަށް ސްޓްރޯކެއް ޖެހި އައިސީޔޫގައި ފަރުވާ ދެނީ
31 ޑިސެމްބަރު 2025
|
ފިލްމީ ތަރި ނިމާލް --
މަޝްހޫރު ފިލްމީ ތަރި އަޙްމަދު ނިމާލަށް ސްޓްރޯކެއް ޖެހި އައިސީޔޫ ގައި ފަރުވާން ފަށައިފި އެވެ.
ރާއްޖޭގެ ފިލްމީ އިންޑަސްޓްރީ ދުށް އެންމެ މޮޅު އެކްޓަރުންގެ ތެރޭގައި ހިމެނޭ ނިމާލަށް ސްޓްރޯކެއް ޖެހި ފަރުވާ ދެމުން ދަނީ އޭޑީކޭގެ އައިސީޔޫގަ އެވެ. ނިމާލްގެ ޙާލު ވަަރަށް ދެރަ ކަަމަށްވެސް އެނގިފައިވެ އެވެ.
މީގެ 42 އަހަރު ކުރީން ފެށިގެން ފިލްމީ މަސައްކަތުގައި ހަރަކާތްތެރިވަމުން އައި ނިމާލަކީ ވަރަށް މޮޅު އެކްޓަރެކެވެ. އަދި އެއީ މޮޅު ޑައިރެކްޓަރެކެވެ. މި ފަހުން ނިކުތް ގިނަ ފިލްމުތަކުގައި ވެސް ނިމާލު ވަނީ ވަރަށް މޮޅެތި ރޯލުތަކުން ފެނިގެން ގޮސްފަ އެވެ.
1984 ވަނަ އަހަރު ފިލްމު "ނުފޫޒު" ން ފިލްމީ މަސައްކަތާއި ގުޅުނު ނިމާލް ވަނީ 22 ވުރެ ގިނަ ފިލްމު ޑައިރެކްޓް ކޮށްފަ އެވެ.