ENGLISH

10 އޭޕްރީލު 2025

Advertisement

ގޯލްޑް ކަޕް: ފުވައްމުލަކަށް ސައްތައިން ސައްތައިގެ ރެކޯޑެއް، މާފުށި ދެވަނަ ބުރަށް

05 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

ފުވައްމުލަކާ ފަރެސްމާތޮޑާ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: އަބްދުﷲ އަބީދު

މިހާރު ކުރިއަށްދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕްގައި ފުވައްމުލަކު ސިޓީން ސައްތައިން ސައްތައިގެ ރެކޯޑަކާ އެކު ފުރަތަމަ ބުރަށް ދަތުރުކޮށްފިއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ގދ. ފަރެސްމާތޮޑާ އަތުން ފުވައްމުލައް މޮޅުވީ 5-0 އިންނެވެ.

މުބާރާތުގެ ގްރޫޕް އޭ ގައި ފުވައްމުލަކުން ވަނީ ކުޅުނު ހަތަރު މެޗު ކާމިޔާބުކޮށް، 12 ޕޮއިންޓް ހަމަކޮށްފައެވެ. ދެވަނައިގައި އޮތް ހއ. ދިއްދު އާއި ތިންވަނައިގައި އޮތް ދ. މީދޫގެ އިތުރުން ހަތަރު ވަނައިގައި އޮތް ދ. ކުޑަހުވަދޫ އަށް ލިބިފައި ވަނީ ތިން ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ފަރެސްމާތޮޑާ އަށް ޕޮއިންޓެއް ނުލިބެއެވެ.

ރ. އަލިފުށި ބަލިކޮށް ކ. މާފުށިން ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު