ENGLISH
02 ޖެނުއަރީ 2026
ވިލުފުށި ހައުސިންގ ޔުނިޓުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަނީ
31 ޑިސެމްބަރު 2025
|
ތ. ވިލުފުށި
ތ. ވިލުފުށީގައި އިމާރާތްކުރާ 100 ހައުސިންގ ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު ޖެނުއަރީ 11 ވަނަ ދުވަހު ހުޅުވާލުމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ނިންމައިފިއެވެ.
އެ ވުޒާރާއިން ބުނީ ޖެނުއަރީ 11 ވާ އާދީއްތަ ދުވަހުން ފެށިގެން އޭޕްރީލް 11 ވަނަ ދުވަހުގެ ނިޔަލަށް "ހިޔާވަހި ޕޯޓަލް" މެދުވެރިކޮށް މި ހައުސިންގ ޔުނިޓުތަކަށް ކުރިމަތިލެވޭނެ ކަމަށެވެ.
ވިލުފުށީގައި އިމާރާތްކުރާ 100 ހައުސިންގ ޔުނިޓު ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު ސަރުކާރުގެ ގެޒެޓުގައި މިހާރު ވަނީ ޝާއިޢުކޮށްފައެވެ. މީ އުސޫލުގައި ޔުނިޓުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކާއި، ޕޮއިންޓު ދެވޭނެ ގޮތް ތަފްސީލިކޮށްފައިވާނެކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
ވިލުފުށީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނެސްދިނުމަށް 100 ހައުސިންގ ޔުނިޓު ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މި ޔުނިޓުތަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ގުޅުމަށް ފެނަކަ ކޯޕަރޭޝަނާ ސަރުކާރުން ވަނީ ހަވާލުކޮށްފައެވެ.
ވިލުފުށީގައި ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރީ ނޫމަޑި ކޮންސްޓްރަކްޝަންއާ 2011 ވަނަ އަހަރުއެވެ. އެ މަސައްކަތް ނުނިމި ދިގުލައިގެން ގޮސް، ފަހުން އެ މަސައްކަތް ހަވާލުކުރީ އަމީން ކޮންސްޓްރަކްޝަންއާއެވެ. އެ ކުންފުނިން މިހާޜު ވަނީ މި މަސައްކަތް ނިންމާފައެވެ.